ރަޝިއާގެ އާންމުންނަށް ހަމަލާ ދޭން ސީދާ އެންގެވީ ޔުކްރޭންގެ ރައީސް ވޮލޮޑުމީރު ޒެލެންސްކީ ކަމަށް ރަޝިއާއިން ބުނެފި އެވެ،
މިދިޔަ ހޮނިހިރު ދުވަހު ރަޝިއާގެ ބެލްގްރޯޑް ސިޓީއަށް ޔުކްރޭނުން ދިން ހަމަލާގައި 24 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމް ވެފައެވެ.
ރަޝިއާއިން ބުނީ އެ ހަމަލާ ދިނުމަށް ޔުކްރޭންގެ ރައީސް ހަވާލު ކުރެއްވީ ސީދާ އެ ގައުމުގެ މިލިޓަރީ އިންޓެލިޖެންސް (ގުރް)ގެ ވެރިޔާ ކްރިލް ބުދަނޯވްއާ ކަމަށެވެ.
މީގެ ކުރިން ރަޝިއާއިން ބުނެފައިވާ ގޮތުގައި ބުދަނޯވްއަކީ ރަޝިއާގެ އެތެރޭގައި އާންމުން ދިިރިއުޅެމުންދާ ސަރަހައްދުތަކަށް ހަމަލާ ދިނުމުގެ މާސްޓާ މައިންޑްއެވެ. އަދި އެފަދަ 100 ހަމަލާ ރޭވީ ބުދަނޯވް ކަމަށް ވެސް ޜަޝިއާއިން ބުނެފައި ވެއެވެ.
މީގެ ކުރިން ރަޝިއާގެ ޑިސްޓްރިކް ކޯޓަކުން ވަނީ ޓެރަރިޒަމްގެ މައްސަލައިގައި އޭނާ ހައްޔަރުކުރުމަށް ވެސް އަމުރެއް ނެރެފަ އެވެ.
ހޮނިހިރު ދުވަހު ދިން ހަމަލާގައި ޔުކްރޭނުން ވަނީ ބައިނަލްއަގުވާމީ ގޮތުން މަނާ ހަތިޔާރުވެސް ބޭނުންކޮށްފަ އެވެ. ޔުކްރޭނުން ބޭނުންކޮށްފައި ވަނީ ކްލަސްޓާ ބޮމެކެވެ. މި ވައްތަރުގެ ބޮމަކީ އދ. ގެ މުއާހަދާއެއްގެ ދަށުން 110 ގައުމެއްގައި މަނާވެސް ކޮށްފައިވާ ބޮމެކެވެ.
އެ ބޮން އެޅުމުން މައި ބޮމުން އިތުރު ކުދި ބޮންތައް ނުކުމެ އެތައް ބޮމެއް ގޮވައެވެ. އެހެންވެ ލިބޭ ގެއްލުން ވަރަށް ބޮޑެވެ.
ރަޝިއާއާއި ޔުކްރޭންގެ ހަނގުރާމަ ފެށުނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ ހަނގުރާމަ ހުއްޓުމުގެ އެއްވެސް ކޮޅެއް ނުފެންނަ އިރު މުހައްލިލުން ބުނާ ގޮތުގައި ހަނގުރާމަ އެތައް އަހަރަކަށް ދެމިގެން އަދިވެސް ދާނެ އެވެ.
ހަނގުރާމަ ފެށިފަހުން ރަޝިއާއިން ވަނީ ޔުކްރޭންގެ 20 ޕަސެންޓް ހިފައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު