ރާޔާ ރިޟާ   4 ޖެނުއަރީ 2024 - 12:23
ލޯން އުސޫލުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕެއިންގެ ވާތު ބެކް ސެރްޖިއޯ ރެގިލޯން އަނބުރާ ޓޮޓެންހަމަށް ބަދަލުވެއްޖެއެވެ.

އުމުރުން 27 އަހަރުގެ ރެގިލޯން ޔުނައިޓެޑްގައި ކުޅުނީ އެންމެ 12 މެޗެވެ. ނިމިދިޔަ ސެޕްޓެމްބަރުގައި ޔުނައިޓެޑަށް އޭނާ ލޯން އުސޫލުން ގެންދިޔައީ ޔުނައިޓެޑްގެ ވާތު ބެކުންގެ ގޮތުގައި ކުޅުނު ލޫކް ޝޯވއާއި ޓައިރެލް މެލޭސިއާގެ ބަދަލުގައެވެ. މިހާރު ޝޯވ ވަނީ ދަނޑަށް އެނބުރި އައިސްފައެވެ. އަދި މެލޭސިއާ ވަނީ އަނިޔާއިން ފަސޭހަވާން ދިން ރިހެބިލިޓޭޝަން މުއްދަތު ހަމަވުމުން، ޓީމާއި ވަރަށް އަވަހަށް ގުޅޭނެ ކަމަށް ކަށަވަރުކޮށްދީފައެވެ. އެހެންކަމުން، ޔުނައިޓެޑުން ވަނީ ރެގިލޯންއާއިއެކު ހަދާފައިވާ އެއްބަސްވުން ކުރުކޮށްފައެވެ.

ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި ސެވިއްޔާއަށް ކުޅުނު ރެގިލޯން އޭނާގެ ފުޓްބޯޅަ ކެރިއަރ ފެށީ ރެއާލް މެޑްރިޑުންނެވެ. އޭނާ ޓޮޓެންހަމަށް ކުޅެން ފެށީ 2020 ވަނަ އަހަރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން