ބަޑީގެ ހަމަލާތަކެއް އަމާޒުވި އެމެރިކާގެ މިސްކިތެއްގެ އިމާމަކު ނިޔާވެއްޖެ އެވެ.
އެމެރިކާގެ ނިއު ޖާޒީގެ، މަސްޖިދު މުހައްމަދުގެ އިމާމް ހަސަން ޝަރީފަށް ބަޑިން ހަމަލާ ދީ ޒަހަމްކޮށްލީ އިއްޔެގެ ވަގުތެއްގަ އެވެ.
އޭރު އޭނާ ހުރީ މިސްކިތް ކައިރީގައި އޮންނަ ޕާކިން ސަރަހައްދުގަ އެވެ. އެ ތަނާ މިސްކިޔާ ދެމެދު 10 ވަަރަކަށް ފޫޓުވެސް ނުހުންނާ އެވެ.
ފުލުހުންނަށް އިމާމް ފެނުނު އިރު އޮތީ ލެއިން ތަތްތެޅި ބިން މަތީގައި ވެއްޓިފަ އެެވެ.
އަދި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އިމާމް ވަނީ ނިޔާވެފަ އެވެ.
އެ މައްސަލައިގައި ފުލުހުން ބުނީ އިމާމް މަރާލަން ޖެހޭ ސަބަބެއް އަދި އެނގިފައި ނުވާ ކަމަށެވެ.
އަދި އެ ސަރަަހައްދުގެ ކެމެރާތައް ވެސް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް މީހަކު ޕާކިން ސަރަހައްދަށް ވަނުމަށް ފަހު ދުވާ މަންޒަރު އެއް ކަމެރާއަށް އަރައިފައިވާ ކަމަށް ފުލުހުން ބުނެެއެވެ.
އަވަހާރަކޮށްލި އިމާމަކީ އޭނާ ދިރިއުޅުނު ސަރަހައްދުގައި ވަރަށް މަޝްހޫރު މީހެކެވެ.
އިމާމް ކުރިން ވަނީ ނިއުވޯލް ލިބަޓީ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ ވެސް އަދާ ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު