އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސަސްޕެންޑްކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުސާރަލިބޭ ގޮތަށް އަޙްމަދު ޢަލީ ސަސްޕެންޑް ކޮށްފައިވަނީ، ސިވިލް ސާވިސް ކޮމިޝަނަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އަޙްމަދު ޢަލީ އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްގެ މަޤާމަށް އައްޔަނުކޮށްފައިވަނީ ޖޫން 13، 2019 ގައެވެ.

ތަޢުލީމީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަޙްމަދު މީގެ ކުރިން ވަނީ އިލެކްޝަންސް ކޮމިޝަންގައިވެސް މަސައްކަތް ކުރަށްވާފައެވެ.

އަޙްމަދުގެ ސަސްޕެންޝަނާ ގުޅޭގޮތުން ތަޢުލީމީ ވުޒާރާއާއި ސިވިލްސަރވިސް ކޮމިޝަނުން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން