ބާވެ ބޮލަށް ވެއްޓެން ކައިރިވެފައިވާ އިސްކަންދަރު ސްކޫލުގެ ދެ ބުރީގެ އިމާރާތް އެންމެ ފަހުން ތަޅާލަން ނިންމައިފި އެވެ.
އިސްކަންދަރު ސްކޫލުގެ މައި ދޮރާށި ކައިރީގައި ހުންނަ ދެ ބުރީގެ އިމާރާތުގެ ތަނބުތަކުގައި ވަނީ ރެނދުލައިފަ އެވެ.
ހަ ކްލާސް ރޫމާއެކު ޕްރިންސިޕަލް އަދި ޑެޕިއުޓީ ޕްރިންސިޕަލް ވެސް އެ އިމާރާތް ކުރިން ބޭނުން ކުރި އެވެ. ނަމަވެސް އެ އިމާރާތުގެ އިންސްޕެކްޝަނެއް އެމްއެންޑީއެފްގެ ސިވިލް އިންޖިނިއަރުން ހެދުމަށް ފަހު އެ އިމާރާތަކީ ބޭނުންކުރުން ރައްކާތެރި ތަނެއް ނޫން ކަމަށް ކަނޑައެޅި ފަހުން އެ އިމާރާތް ބޭނުންކުރަމުން ދިޔައީ ގުދަނެއްގެ ގޮތުގަ އެވެ.
އޭގެ ފަހުން ފާއިތުވި ފަސް އަހަރު އެ އިމާރާތް ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުންދާ އިރު އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ވަނީ ދެ ބުރީގެ އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
އެ މަސައްކަތަށް ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.
އިސްކަންދަރު ސްކޫލުގެ އިމާރާތް ބޮލަށް ވެއްޓެން ކައިރިވެފައިވާއިރު މީގެ ދެ އަހަރު ކުރިން ވަނީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ކިޔަވަމުން އައި އިމާރާތުގައި ވެސް ރެނދުލައި އެތަން ދަރިވަރުންނަށް ރައްކާތެރި ނޫން ކަމަށް ކަނޑައަޅައި ދަރިވަރުން ވަގުތީ އެހެން އިމާރާތެއްގައި ކިޔަވަން ފަށައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ސްކޫލުތައް މަރާމާތު ކުރުމުގެ މަސައްކަތް ވަރަށް އަަވަހަށް ފަށާނެ ކަމަށާއި އަދި އެކަމަށް 30 މިލިއަން ރުފިޔާ ހަމަޖެހިފައިވާ ކަމަށެވެ،

ކިޔުންތެރިންގެ ހިޔާލު