ތ. ގުރައިދޫ ކްލަބް ބްލޫ އީގަލްސް ފުޓްސަލް ކަޕްގެ ގުރުއަތުލުން ބާއްވައިފި އެވެ.
"ރަސް އޮންލައިނަށް" މަޢުލޫމާތު ދެއްވަމުން ކްލަބް ބްލޫ އީގަލްސްގެ ރައީސް އަޒްވަރު ހަސަން ވިދާޅުވީ، މި މުބާރާތަކީ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ޒުވާނުންގެ ހުނަރު ތަރައްޤީކުރުމަށް އެހީތެރިވެ ދިނުމުގެ މަޤްސަދުގައި އެ ކްލަބުން އިންޒާމްކޮށްގެން ބާއްވާ މުބާރާތެއް ކަމަށެވެ.
"މުބާރާތުގެ ސަބަބުން ރަށުގައި އުފާވެރިކަމާއި، ކުޅިވަރުގެ ޖޯޝް އިތުރުވެގެން ދިއުން އަޅުގަނޑުމެންގެ ބޭނުމަކީ. ޒުވާނުންގެ ގުޅުން ބަދަހިވެ ކުޅިވަރުގެ ތެރެއިން އެކުވެރިކަމާއި ގާތްކަން އިތުރުވެގެން ދިއުން ހުރިހާވެސް އުއްމީދަކީ." އަޒްވަރު ވިދާޅުވިއެވެ.
ޖުމްލަ 10 ޓީމް ބައިވެރިވެފައިވާ މި މުބާރާތުގެ ގުރު ނަގާފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ދެގްރޫޕަކަށް ބަހާލައިގެން ކުޅޭ މިމުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޖުލައި މަހުގެ 31 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ވިންސިއާ އެވެ.

ކިޔުންތެރިންގެ ހިޔާލު