ބަޓަރ ޗިކަން ވުޖޫދައް ގެނައި މީހާ ޔަގީން ކުރަން ދިއްލީގެ ހައި ކޯޓަށް ހުށައެޅި މައްސަލައެއް ބަލަން ފަށައިފިއެވެ.
ބަޓަރާއި މީރު ހަވާދާއި، ކެޝިއު ނަޓް ގެ އިތުރުން ޓޮމާޓޯ އަދި ކިރުގެ ގްރޭވީއެއްގައި ތައްޔާރު ކުރާ ބަޓަރ ޗިކަން އަކީ އެކި ފޮތްފޮތުންނާއި، ނޫސް މަޖައްލާގެ އިތުރުން، އޮންލައިން ބްލޮގްތަކާއި ޓީވީ ތަކުންނާއި، ގިނަ އަދަދެއްގެ ރެސްޓޯރެންޓް ތަކާއި، ގޭގޭގެ ބަދިގެ ތަކުން ސަމާލުކަން ލިބި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންސާފު ކުރަމުންދާ މީރު ރިހައެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަބައެއްގެ ފޭވަރިޓެއްގެ ގޮތުގައި ވެފައިވާ މި ރިހަ މިހާރު ވަނީ ކޯޓު ހަނގުރާމައެއްގެ މައުޟޫއަކަށް ވެފައެވެ.
ބަޓަރ ޗިކަންގެ އަސްލާ ގުޅޭ ގޮތުން ހަގީގަތް ދެނެގަނެ މި ރިހަ ވުޖޫދަށް ގެނެސްދިން މީހާ ޔަގީންކުރަން ދިއްލީ ހައިކޯޓަށް ދައުވާ އުފުލާފައިވަނީ ހުސްވި ހަފްތާގައެވެ. މި މައްސަލައިގައި ވާދަވެރި ދެ ރެސްޓޯރެންޓެއް ހިންގާ ދެ އާއިލާއެއް ހިމެނެއެވެ. މިދެ އާއިލާއިންވެސް ވަކާލާތު ކުރަނީ 1947 ވަނަ އަހަރު އުފެދުނު އެ ސިޓީގެ މަޝްހޫރު މޯޓީ މަހާލް ރެސްޓޯރެންޓާއި އާއިލީ ގުޅުން އޮތްކަމަށާއި، އަދި ބައިނަލްއަގުވާމީ ގޮތުންވެސް މިހާރު ފާހަގަކޮށްލެވޭ ބަޓަރ ޗިކަން އީޖާދު ކުރީ އެ މީހުން ކަމަށެވެ.
މިމައްސަލައިގައި ދައުވާ އުފުލާފައިވާ މޯޓީ މަހާލް ރެސްޓޯރެންޓުގެ އެއް ބާނީ ކަމަށްވާ ކުންދާން ލާލް ގުޖްރާލްގެ އާއިލާއިން ބުނަނީ ބަޓަރ ޗިކަން އަކީ ގުޖްރާލް އުފެއްދި ކެއުމެއް ކަމަށެވެ. މި އާއިލާއިން ދައުވާ ކުރަނީ ރެސްޓޯރެންޓް ވިޔަފާރީގައި އެމީހުންނާ ވާދަކުރާ ދަރިޔާގަންޖްގެ މައްޗަށް، ބަޓަރ ޗިކަން ފުރަތަމަ އުފެއްދި މީހުންކަމަށް ބުނެ އޭގެ ނާޖާއިޒު ފައިދާ ނަގާކަމަށްބުނެއެވެ. އެގޮތުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 240،000 ޑޮލަރު ހޯދަން ގުޖުރާލް އާއިލާއިން ވަނީ އެދިފައެވެ.
ދިއްލީ ހައިކޯޓަށް ހުށައަޅާފައިވާ މިމައްސަލައާއި ގުޅިގެން، ބަޓަރ ޗިކަން ވުޖޫދައް ގެނައީ ކާކުތޯ ޔަގީންކުރަން މަސައްކަތް ކުރަމުންދާކަން ފަލަސުރުހީތަކުން ފެނިގެން ދިޔަޔަސް، މިމައްސަލައިގައި ހިމެނެނީ ހަމައެކަނި ބަޓަރ ޗިކަން އެކަންޏެއް ނޫނެވެ. ކޯޓަށް ހުށައަޅާފައިވާ މިމައްސަލައިގައި، މުގުން ތައްޔާރު ކުރާ ދާލް މަކްނީ އީޖާދުކުރި ބައެއް ޔަގީންކުރުންވެސް ހިމެނެއެވެ.
ބަޓަރ ޗިކަން އީޖާދުވެގެން އައި ގޮތާ ބެހޭގޮތުން އެކިކަހަލަ ވާހަަކަތައް މީހުންކިޔައި އުޅުނު ނަމަވެސް އެ ހުރިހާ ވަރޝަންތަކެއް ވެސް ފެށެނީ މޮކާ ސިންގް ކިޔާ މީހަކާއި އޭނާ ގާތުގައި މަސައްކަތް ކުރި ތިން މުވައްޒަފަކާ ހިސާބުންނެވެ. އަދި މިވާހަކައިގެ އަސްލު ގުޅެނީ އިންޑިއާ މިނިވަން ވުމާއި، ޕާކިސްތާނާއި އިންޑިއާގެ ބޯޑަރު ވަކިކުރުމުގެ ކުރިން ޕެޝާވާމަރު (މިހާރުގެ ޕާކިސްތާން) ސަރަހައްދުގައި ޒުވާން ސިންގ ހިންގަމުން ދިޔަ މޯޓީ މަހަލް ރެސްޓޯރަންޓާއި ކަމަށް، ކާބޯތަކެއްޗާ ބެހޭގޮތުން ލިޔާ ލިޔުންތެރިޔާ އަދި ޝެފް ސަދާފް ހުސެއިން ބުނެފައިވެއެވެ.
އަދި 1947 ވަނަ އަހަރު އިންޑިއާ ބައިބައިވުމުން ސިންގް އާއި އޭނާގެ ހިންދޫ ބައެއް މުވައްޒަފުން ޕެޝާވަރުން ފިލައިގެން އިންޑިއާގެ ވެރިރަށަށް ބަދަލުވުމާއިއެކު، އޭނާ ގާތުގައި ކުރިން މަސައްކަތް ކުރި ތިން މުވައްޒަފުން ކަމަށްވާ ކުންދާން ލާލް ގުޖްރާލް، އަދި އޭނާ އާއި ދެބޭންގެ ދެދަރި ކޮއްކޮ ކުންޑަން ލާލް ޖައްގީ، އަދި ތަކުރު ދާސް މާގޯ އާއި ސިންގް އާއި ގުޅުން ކެނޑުނެވެ.
މީގެ އެތައް ދުވަހެއް ފަހުން އެކުގައި އެންމެން ދިމާވުމާއިއެކު، ސިންގް އާއި އެކު މަސައްކަތްކުރި ކުންދާން ލާލް ގުޖްރާލް، ކުންޑަން ލާލް ޖައްގީ، އަދި ތަކުރު ދާސް މާގޯ ވަނީ ސިންގް ކުރިން ހިންގި މޯޓީ މަހަލް ރެސްޓޯރަންޓް ދިއްލީގައި ހުޅުވަން ހިޔާލު ދީފައެވެ. މިއާއެކު ދިއްލީގެ މުސްކުޅި ކުއާޓަރުގެ ތޮއްޖެހިފައިވާ ދަރިޔާގަންޖް މަގުގައި ހުންނަ ކުޑަކުޑަ އޯޕަން އެއާ ޑައިނަރ އެއް މޯޓީ މަހަލްގެ ނަމުގައި ހުޅުވައި ބަޓަރ ޗިކަން ވިއްކަން ފެށިކަމަށް ޝެފް ސަދާފް ހުސެއިންގެ ލިޔުންތަކުން ހާމަވެއެވެ.
ސިންގ އާއި އޭނާގެ ޓީމުން ބަޓަރ ޗިކަން ތައްޔާރުކުރުމުގެ ޚިޔާލު އުފެދުނީ ޚަރަދު ކުޑަކުރުމުގެ ގޮތުން، ބާކީ ހުންނަ ޓިއްކާސް ބޭނުންކޮށްގެން އޮލަ ޓޮމާޓޯ ގްރޭވީއަކާއި ބަޓަރ އެއްކޮށްލުމުން ރަހަމީރު ވުމުން ކަމަށްވެސް އިންޑިއާގެ ކެއުމުގެ ތާރީޚު ލިޔާ މީހުން ލިޔެފައިހުރެއެވެ.
އޭރުގައިވެސް ގިނަބަޔަކަށް ނިކަން ކަމުދިޔަ މޯޓީ މަހާލްގެ މި ބަޓަރ ޗިކަން އަށް ގިނަބައެއްގެ ސަމާލުކަން ލިބެމުންދަނިކޮށް އަހަރު ދުވަސް ތެރޭ އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރުލާލް ނެހްރޫ އާއި ސަރުކާރުގެ ވަޒީރުންނާއި އިންޑިއާއަށް ޒިޔާރަތް ކުރާ ބޭރު ގައުމުތަކުގެ ވެރިން ވަނީ މޯޓީ މަހާލްގެ ކަސްޓަމަރުންނަށް ވެފައެވެ. މީގެއިތުރުން 1984 ވަނަ އަހަރު މޯޓީ މަހާލްއާއި ބެހޭ ގޮތުން ނިއުޔޯކް ޓައިމްސް ގައި ވެސް ލިޔެފައިވެއެވެ.
މޯޓީ މަހަލްގެ އެތައް އަހަރެއްގެ ކާމިޔާބީއަށް ފަހު ވިޔަފާރީގައި އުޑުމަތި ބަނަވީ ކުންދާން ލާލް ގުޖްރާލް މަރުވުމާއި އެކު އޭނާގެ އާއިލާއަށް މާލީގޮތުން ކުރިމަތިވި މަޖުބޫރީ ހާލަތުގެ ސަބަބުން މޯޓީ މަހަލް ރެސްޓޯރަންޓް ވިއްކާލަން ޖެހުމުންނެވެ. ނަމަވެސް ފަހުން މިއާއިލާއިން ވަނީ މޯޓީ މަހަލް ޑިލަކްސްގެ ނަމުގައި އިންޑިއާގެ އެކި ސަރަހައްދުތަކުގައި ޗެއިން ރެސްޓޯރަންޓްތަކެއް ހުޅުވައިފައެވެ.
މޯޓީ މަހަލް ޑިލަކްސް ރެސްޓޯރަންޓްތަކަށްވެސް އެތައް ބައެއްގެ ލޯބި ލިބެމުންދަނިކޮށް ވިޔަފާރީގައި އިތުރު ގޮންޖެހުމަކާއި ކުރިމަތިވީ 2019 ވަނަ އަހަރު ކުންދާން ލާލް ގުޖްރާލް ގެ ދެބޭންގެ ދެދަރި ކޮއްކޮ ކުންޑަން ލާލް ޖައްގީގެ ކާފަދަރިފުޅު ދަރިޔާގަންޖް ނަމުގައި ވާދަވެރި ރެސްޓޯރެންޓްތަކެއް ހުޅުވައި، ބަޓަރ ޗިކަން އެންޑް ޑާލް މަޚާނީގެ އީޖާދުވެރިންނަކީ އެމީހުންކަމަށް ބުނެ ޓްރޭޑްމާކް ކުރުމުންނެވެ. ދަރިޔާގަންޖްގެ ވެރިން ބުނާ ގުޖްރާލް އަކީ މޯޓީ މަހަލް ރެސްޓޯރެންޓުގެ މޫނު ކަމުގައި ވިޔަސް ބަދިގޭގެ ކަންކަން ބެލެހެއްޓީ ކުންޑަން ލާލް ޖައްގީ ކަމަށާއި، އެހެންކަމުން ބަޓަރ ޗިކަން ހިމެނޭ ގޮތަށް އޭރު ތައްޔާރު ކުރި ކެއުންތަކަކީ އޭނާގެ ހުރިހާ ޚިޔާލުތަކެއް ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު