ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ އެއްތަނުން އަނެއްތަނަށް ބޭސް އުފުލުމުގެ މަސައްކަތް މި އަހަރުގެ ޖުލައި މަހުގެ ކުރިން ފެށުމަށް ތައްޔާރުވަމުންދާކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
އަވަސް ފަރުވާ ދޭންޖެހޭ ހާލަތްތަކުގައި އަވަސްކަމާއެކު ފަސޭހަގޮތަކަށް ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުމުގެ މަސައްކަތް ލަސްނުވެ ފެށުމަށް މަސައްކަތް ކުރާކަމަށް މީގެކުރިން ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
އެ މަސައްކަތުގެ ދަށުން ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން، މިއަދުވަނީ ކަމާގުޅުންހުރި މުއައްސަސާތަކާއިއެކު ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމަށްފަހު ހެލްތް މިނިސްޓްރީން ބުނެފައިވަނީ، މިނިސްޓްރީގެ އަމާޒަކީ މިއަހަރުގެ ފުރަތަމަ ހަ މަސްތެރޭ ގައި މި ހިދުމަތް ފެށުން ކަމަށެވެ.
މި މަސައްކަތް ފެށުމުން އެއްތަނުން އަނެއްތަނަށް ބޭސް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެކަމަށާއި އެއީ މިހާރަށްވުރެ ހަރަދުގެ ގޮތުން ބެލިޔަސް އެތައްތަނެއް ހަރަދު ކުޑަވެގެންދާނެ ކަމެއްކަމަށް މީގެ ކުރިން ހެލްތް މިނިސްޓަރ ޢަބްދުﷲ ހަލީލް ވެސް ވަނީ ވިދާޅުވެފައެވެ.

ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއި އެކު މިއަދު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި. #Hafthaa14 @MNDF_Official @PoliceMv @MACLmedia pic.twitter.com/cwEFMna879
— Ministry of Health (@MoHmv) February 8, 2024
މި މަސައްކަތް ފެށުމުން އެއްތަނުން އަނެއްތަނަށް ބޭސް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެކަމަށާއި އެއީ މިހާރަށްވުރެ ހަރަދުގެ ގޮތުން ބެލިޔަސް އެތައްތަނެއް ހަރަދު ކުޑަވެގެންދާނެ ކަމެއްކަމަށް މީގެ ކުރިން ހެލްތް މިނިސްޓަރ ޢަބްދުﷲ ހަލީލް ވެސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު