އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީ ޕްލޭން
އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީ ޕްލޭން
އެއާ އެބްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީ ޕްލޭންގެ ޚިދުމަތް މާދަމާ ފަށާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ވަޢުދާއި އެއްގޮތަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ސީޕްލޭންގެ ޚިދުމަތް މާދަމާ ފަށާއިރު އެކަމަށް ޚާއްޞަ ސީޕްލޭނެއް ތައްޔާރު ކުރެވިފައި ވާކަމަށެވެ.

"ރައްޔިތުން ދުޅަހެޔޮ ސިއްޙަތެއްގައި ބޭތިއްބުމަށް ރައީސް ޑރ.މުޢިއްޒު މި ގެންނަވަނީ އިންގިލާބީ ބަދަލުތަކެއް." މިނިސްޓަރ ވިދާޅުވިއެވެ.



އެކަމާ ގުޅިގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ، ‏ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް އެއަރ އެމްބިއުލާންސްގެ ޑީއެޗްސީ 6 "ޓުވިން އޮޓާރ" ސީޕްލޭނުން ޚިދުމަތް ފެށުމަށް ތައްޔާރުވެފައި ވާކަމަށެވެ. އަދި މިއީ ސިއްޙީ ދާއިރާއިން ދިވެހި ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށ ނައިބު ރައީސް ވިދާޅުވިއެވެ.

ސަރުކާރުން އެއާ އެމްބިއުލާންސްގެ ގޮތުގައި ދެ ބޯޓެއް ހާއްސަ ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން އިއުލާނު ކުރެއްވިއެވެ. އެއީ ޑޭޝް-8 ގެ ބޯޓަކާއި ސީ ޕްލޭނެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރުގެ އަމާޒަކީ އެއާ އެމްބިއުލާންސްގައި ބަލި މީހުން ރާއްޖެއިން ބޭރަށް ވެސް ގެންދިއުމެވެ. އެގޮތުން، އެކަމުގެ މަޝްވަރާތައް އަވަށްޓެރި ސްރީލަންކާއާއެކު ކޮށްފައިވާއިރު، އެ ގައުމުގެ ސަރުކާރުން ވަނީ އިމަޖެންސީ ހާލަތްތަކުގައި ދެ ގަޑިއިރު ތެރޭގައި ފްލައިޓު ދަތުރުކުރަން ހުއްދަ ދޭން ނިންމައިފައެވެ.

މިއަހަރުގެ މާރޗް ފުރަތަމަ ދުވަހު ރާއްޖޭގައި އަލަށް އިފްތިތާހުކުރި އެއާ އެމްބިއުލާންސް ޚިދުމަތުގެ ފުރަތަމަ ދަތުރު މާރޗް ދެވަނަ ދުވަހު ކޮށްފައިވަނީ ކުޅުދުއްފުށި ސިޓީއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން