އަހުމަދު ޔާމިން   18 މާރިޗު 2024 - 10:10
ޕޮޓޭޓޯ ޕަނީނޯ ބަން ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

8 ބާގަރ ބަނަހާއި، 1/3 ސައި ސަމުސާ މުގުރި އަސޭމިރުހާއި، 2 ފިޔައާއި (ހިމުން ހިމުންކޮށް ކޮށާފައިހުރި)، 2 ހިކަނދިފަތާއި (ކޮށާފައި)، 3 ލޮނުމެދާއި (ހަނާކޮށް މުގުރާފައި ހުރި)، 1/2 1 ސައިސަމްސާ ހިމުންކޮށް ކޮށާފައި ހުރި ގިތެޔޮ މިރުސް.

އޭގެއިތުރުން ފެނުކައްކައި ގޮށް ނުހުންނަ ވަރަށްމޮޑެފައި ހުރި 2 ޖޯޑު އަލުތްވާއި، 1/2 ޖޯޑު ހިމުން ކޮށްފައިހުރި ކެޕްސިކަމާއި، 1 ޗިކަންކިއުބާއި، 1/2 ޖޯޑު ހިމުން ހިމުންކޮށް ކޮށާފައި ހުރި ބެލްޕެޕަރއާއި، 1/2 2 ޖޯޑު ޗީޒް ގާނާފައި ހުރި ( ޗެޑަރ ޗީޒް)، ލޮނުކޮޅަކާއި، ތެޔޮފޮދަކާއި، 5 މޭޒުމަތީ ސަމުސާ ބަޓަރ.

ޕޮޓޭޓޯ ޕަނީނޯ ބަން ތައްޔާރު ކުރާނެ ގޮތް:

ބަޓަރު ކޮޅު ވަކިން ގިރާފައި ލޮނުމެދު ކޮޅާއި އެއްކޮށްލާށެވެ. ދެން ބަނަސްތައް ދެފަޅި ކޮށްފައި އެތެރެ ފަރާތުގައި ތުނިކޮށް ލޮނުމެދުކޮޅާއި އެއްކޮށްފައި ހުރި ބަޓަރުކޮޅު ހާކާލާށެވެ.

އެއަށްފަހު ތަވާ އުނދުން މައްޗަށް އުދާލާށެވެ. ކުޑަ ތެޔޮފޮދެއް އަޅާލާށެވެ. ހޫނުވީމާ ފިޔާ ކޮޅާއި، ކެޕްސިކަމް، ބެލްޕެޕަރ، ގިތެޔޮމިރުސް، އަސޭމިރުސް، ޗިކަންކިއުބް އަދި ލޮނުކޮޅެއް އަޅާލާށެވެ. އަލުވި ކޮޅު ވެސް އެއްކޮށްލާށެވެ.

އެބައި ހަނާވަންދެން މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުންދާށެވެ. ރަހަ ނިކުންނަވަރަށް ހަނާވުމުން އުނދުން މަތިން ބާލާށެވެ. ބަނަސް މަތީގައި އަލުވި ކޮޅެއް ފަތުރާށެވެ.

އެންމެފަހުން މައްޗަށް ޗީޒް ބުރުވާލާފައި ބަނަސް ފަޅި ތަތް ކޮށްފައި ޕަނީނޯ މޭކަރ އިން ފިހެލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން