މިއަދު މި ގެނެސްދެނީ ބިސް ކަޓްލަސް ތައްޔާރުކުރާނެގޮތެވެ.
ބިސް ކަޓްލަސް ތައްޔާރު ކުރުމަށް ބޭނުންވާނީ:
1 ފިޔާ. ½ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް). 10 ހިކަނދިފަތް. ½ ސައިސަމުސާ ގޭނި އިނގުރު. ½ ލުނބޯ. 2/3 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް). 3/2 ސައިސަމުސާ އަސޭމިރުސް (ނޫނީ ބޭނުން ވަރަކަށް). 1 މަސް ދަޅު. 1 ޖޯޑު ފެނު ކައްކާ ޗަސްކޮށްފައި ހުރި އަލުވި. 2 ބިސް. 1 ޖޯޑު ފާރޮށިކުނޑި. 2 ޖޯޑު ތެޔޮ (ތެލުލަން).
ބިސް ކަޓްލަސް ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ފިޔައާއި ގިތެޔޮމިރުސް ތުނިކޮށް ކޮށާލާށެވެ. ހިކަނދިފަތްކޮޅު ތުނިކޮށް ކުދިކޮށް ކޮށާލާށެވެ. ފިޔާ، ގިތެޔޮމިރުސް އަދި އިނގުރު ބޯތަށްޓަކަށް އެޅުމަށްފަހު އޭގެތެރެއަށް ލުނބޯ ހުތް ފިތާލާފައި ލޮނާއި އަސޭމިރުސްވެސް އަޅާށެވެ. އަދި ފިޔާކޮޅު މޯޅިވެ އެއިން ދިޔަ ނިކުންނާނެ ވަރަށް މޮޑެލާށެވެ.
ދަޅުގައި ހުރި މަސްކޮޅު ފެލާލާފައި ބޯތަށީގެ ތެރެއަށް އަޅައި މޮޑެލާށެވެ. ދެން އަލުވިކޮޅު އަޅާފައި ރަހަ ހެޔޮވަރު ކޮށްލާށެވެ. އަދި މޮޑުނު މަސްގަނޑުން ގުޅަ ވަށާށެވެ.
އެއަށްފަހު އެހެން ބޯތަށްޓެއްގައި ބިސްކޮޅު ގިރާލާށެވެ. އަދި ފާރޮށިކުނޑިތައް ތަށްޓަކަށް އަޅައި ފަތުރާލާށެވެ. ވަށާފައި ބެހެއްޓި މަސްގުޅަތައް ބިސް އެތީގެ ތެރެއަށް ލާފައި ސަމުސަލެއް ބޭނުންކޮށްގެން އެގުޅަތަކުގެ ވަށައިގެން ބިހުގެ ފަށަލައެއް ލެވޭނެ ގޮތަށް ބިސްއެތީގެ ތެރޭގައި ފުރޮޅާލާށެވެ. އެއަށް ފަހު ފާރޮށި ކުނޑީގެ ފަށަލައެއް ލެވޭނެ ގޮތަށް ފާރޮށިކުނޑިތަކުގެ ތެރެއިން މަސްގުޅަތައް ފުރޮޅާލާފައި ތަށްޓަކަށް ނަގަމުންދާށެވެ.
ތެއްޔަކަށް ތެޔޮ އަޅައި ހޫނު ކުރާށެވެ. އަދި ރަން މުށި ކުލަ އަރަންދެން ކަޓްލަސްތައް ތެލުލާށެވެ. ކަޓްލަސް ތެލުލެވޭއިރު އޭގެ ދެބައިކުޅަ އެއްބައި އޮންނަންވާނީ ތެލު އަޑީގައެވެ. އެއަށްފަހު ތެލުގެ ތެރެއިން ނަގައި ކަޓްލަސްތައް ދަނގަނޑު ފުރޭންޏެއްގެ ތެރޭގައި ނޫނީ ޓިޝޫމަތީގައި ބަހައްޓާލާށެވެ.
މިހާރު އެހުރީ ބިސް ކަޓްލަސް ތައްޔާރުކޮށް ނިމިފައެވެ.

ކިޔުންތެރިންގެ ހިޔާލު