ލެމަން ޕައި ތައްޔާރު ކުރުމަށް ބޭނުންވާނެ ތަކެތި:
1 ދަޅު ގެރިކިރާއި، 3 ބިހުގެ ގޮބޮޅިއާއި، 2 މޭޒުމަތީ ސަމުސާ ގާނާފަ ހުރި ލެމަންގެ ތޮށްޓާއި، 1/2 ޖޯޑު ލެމަން ޖޫހާއި، 1 ޖޯޑު ވިޕިން ކްރީމާއި، 3 މޭޒުމަތީ ސަމުސާ ހަކުރު
ލެމަން ޕައިގެ ފުށްގަނޑު ހެދުމަށް ބޭނުންވާނެ ތަކެތި:
12 މޭޒުމަތީ ސަމުސާ ބަޓަރާއި، 3 ޖޯޑު ފުށާއި، 1 މޭޒުމަތީ ސަމުސާ ލޮނާއި، 1 މޭޒުމަތީ ސަމުސާ ހަކުރާއި، 1/3 މާޖިރިން ނުވަތަ ވެޖެޓަބަލް ޝޯޓެނިންނާއި، 6 މޭޒުމަތީ ސަމުސާ ފިނިކުރި ފެން.
ލެމަން ޕައި ތައްޔާރުކުރާނެ ގޮތް:
ޕައި ފުށްގަނޑު ހެއްދެވުމަށް ޕައި ފުށް ގަނޑަށް ބޭނުންވާ ތަކެތި އެއްކޮށްލުމަށްފަހު އައިސްއަލަމާރީގައި 30 މިނެޓް ވަންދެން ބަހައްޓާށެވެ. ދެން ޕައި ފުށްގަނޑު އައިސް އަލަމާރީން ނެގުމަށް ފަހު ބޭކިން ޓުރޭގައި ފަތުރާލާށެވެ. ( ހުރިހާ ފަރާތެއްވެސް ރަނގަޅަށް ފޮރުވޭވަރަށް ފުށްގަނޑު އަޅާލަންވާނެ.)
އެއަށްފަހު ގެރިކިރު، ހަކުރު، ބިހުގެ ގޮބޮޅި، ގާނާފަ ހުރި ލެމޮން ތޮށި އަދި ލެމޮން ޖޫސް މިކްސަރުގައި ގިރާލާށެވެ. ރަނގަޅަށް ގިރާލެވުމުން ޕައި ޓުރޭގެ ތެރެއަށް އަޅުއްވާ 350 ޑިގްރީ ސެލްސިއަސް ގައި 15 މިނެޓް ވަންދެން ފިހެލާށެވެ.
ފިހެވުމުން އަވަނުން ނަގާ، އައިސް އަލަމާރި އަށް ލެއްވުމުގެ ކުރިން ފިނިވަންދެން ބޭރުގަ ބަހައްޓާށެވެ. ފިނިވުމުން އައިސްއަލަމާރިން ނެގުމަށް ފަހު ވިޕް ކުރިމް، ވިޕް ކޮއްލުމަށް ފަހު ޕައި މަތީ ފަތުރާލާށެވެ.
މިހާރު އެހުރީ ލެމަން ޕައި ތައްޔާރު ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު