ފުލަމްގެ ކުޅުންތެރިން މެޗްގެ ޓްރޮފީއާއެކު
ފުލަމްގެ ކުޅުންތެރިން މެޗްގެ ޓްރޮފީއާއެކު
އެއް އަހަރުގެ މެދު ކެނޑުމަށްފަހު ފުލަމް އިނގިރޭސި ޕްރިމިއަރ ލީގަށް ކޮލިފައިވެއްޖެއެވެ.

ފުލަމް ޕްރިމިއާ ލީގަށް ކޮލިފައިވީ އީއެފްއެލް ޗެމްޕިއަންޝިޕްގެ ޕްލޭއޮފް މެޗުން ބްރެންޓްފޯޑް އަތުން 2-1ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން ނަތީޖާއެއް ނެރެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ފުލަމްގެ ޖޯއި ބްރަޔަން ދެ ލަނޑު ޖެހި އެވެ. މި މެޗުގައި ބްރެންޓްފޯޑުން ޖެހި ހަމައެކަނި ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ހެންރިކް ޑަލްސްގާޑެވެ.

މި ނަތީޖާއާއި އެކު ފުލަމް އަލުން އެނބުރި ޕްރިމިއަރ ލީގަށް އައީ އެއް ސީޒަންގެ ރެލިގޭޝަނަށް ފަހުއެވެ.

ޖުމްލަ 220 މިލިއަން ޑޮލަރުގެ އަގުހުރި މި މެޗުގެ ވެލިއު ބޮޑުވަނީ ޓީވީ ރައިޓްސް، ފައިސާގެ އިނާމްގެ އިތުރުން ޕްރިމިއާ ލީގު ބޯނަސް، ކޮމާޝަލް ބޯނަސްގެ އިތުރުން ބެޓިން ފައިސާގެ ހިމަނައިގެންނެވެ. ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ހޯދައިގެން ވެސް އެންމެ ގިނަވެގެން ހޯދެނީ 90 މިލިއަން ޑޮލަރެވެ. އަދި ފީފާ ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ލިބެނީ 38 މިލިއަން ޑޮލަރެވެ. މި މެޗުން މޮޅުވުމާ އެކު ފުލަމް އަށް 176 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

ފްލަމްގެ އިތުރުން އަންނަ ސީޒަނުގެ ޕްރިމިއާ ލީގަށް ދެވަނަ ޑިވިޝަނުން ޕްރޮމޯޓް ވެފައިވަނީ އީއެފްއެލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ލީޑްސް ޔުނައިޓެޑާއި ވެސްޓް ބްރޮމްއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން