ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ލެގުގައި ނަޕޯލީ ބަލިކޮށް ބާސެލޯނާ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ބާސެލޯނާގެ ދަނޑުގައި ރޭކުޅުނު މެޗުން ނަޕޯލީގެ މައްޗަށް ބާސާ ކުރި ހޯދީ 1-3 ގެ ނަތީޖާ އިންނެވެ. ބާސެލޯނާއިން ރޭގެ މެޗްގެ ލީޑު ނެގީ 10 ވަނަ މިނެޓުގައި ޑިފެންޑަރު ކްލިމެންޓް ލެންގްލެޓްއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ބާސެލޯނާއަށް ލީޑު ފުޅާ ކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީ އެވެ. މި ގޯލް ޖެހުމުގައި މެސީވަނީ އޭނާގެ ޖާދޫ ދައްކާލައި ގިނަ ބަޔަކު ހައިރާންކޮށްލާފައެވެ. ބާސާގެ ތިންވަނަ ގޯލް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ.
ނަޕޯލީން މެޗުގައި ޖެހި ހަމައެކަނި ގޯލު ފުރަތަމަ ހާފު ނިމެންދަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ ލޮރެންޒޯ އިންސީނިއޭ އެވެ. ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު ނަޕޯލީން ވަނީ ގޯލު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް އެޓީމަށް ވަނީ މެޗްގެ ނަތީޖާ އަނބުރާލުމުގައި ކާމިޔާބު ހޯދޭގޮތް ނުވެފައެވެ.
ރޭގެ ނަތީޖާއާއެކު އަންނަ ހަފުތާ ޕޯޗުގަލްގެ ލިސްބަންގައި ކުޅޭ ކުއާޓާއިން ބާސެލޯނާ ޖާގަ ހޯދީ ފުރަތަމަ ލެގުގައި ޖެހި އަވޭ ގޯލާ އެކު 2-4 ގެ އެގްރިގޭޓް ނަތީކާއަކުންނެވެ.
ކުއަރޓަރ ފައިނަލްގައި ބާސާ ވާދަކުރަން ޖެހޭނީ ރޭ 1-4 ގެ ނަތީޖާއަކުން ޗެލްސީ ބަލިކުރި ބަޔާން މިއުނިކާ ދެކޮޅަށެވެ. ތަފާތު ފޯމެއްގައި މިވަގުތު އޮތް ބަޔާންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުން ލިބުނު މޮޅާ އެކު އެ ޓީމު ކުއާޓާގެ ޖާގަ ހޯދީ 1-7 ގެ އެގްރިގޭޓަކާ އެކު އެވެ. ބާސެލޯނާ އާއި ބަޔާން މިއުނިކް ބައްދަލު ކުރާ ކުއާޓާ ފައިނަލުގެ މެޗު އޮންނާނީ އަންނަ ހަފުތާގެ ހުކުރު ދުވަހުގެރޭ އެވެ.

ކިޔުންތެރިންގެ ހިޔާލު