އެކި ދާއިރާތަކުން ހުނަރުވެރި ދިވެހިން ތަމްރީންކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ހުނަރު ޕްރޮގްރާމްގެ ދަށުން އެޗްޑީސީން ކުރިއަށް ގެންދާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ތަފާތު 7 ދާއިރާއަކުން މަސައްކަތްތެރިން ތަމްރީނުކުރުމުގެ މަގްސަދުގައި 6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ. އަދި މި ޕްރޮގްރާމްގެ އަމަލީ ތަޖުރިބާ ކުރިއަށް ގެންދާނީ އެ ކޯޕަރޭޝަންގެ ފަންނީ މުވައްޒަފުންގެ ބެލުމުގެ ދަށުންކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ.

އެޗްޑީސީން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި؛ ކޮމްޕިއުޓަރ ހާޑްވެއަރ އެންޓް ނެޓްވޯކިން، ހެލްތް އެންޑް ސޭޕްޓީ އިން ކޮންސްޓްރަކްޝަން، ފްރަންޓް އޮފީސް، ގާޑެނިން، ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޒަން، މޭސަންރީ އަދި އިލެކްޓްރިކަލް އިންސްޓޮލޭޝަން ހިމެނެއެވެ.

އެޗްޑީސީން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ނެޝަނަލް ލެވެލް 3 ގެ ސެޓްފިކެޓެއް ލިބޭނެއެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރާ ސެޓްފިކެޓެކެވެ. މީގެ އިތުރުން 6 މަސްދުވަހުގެ ޕްރޮގްރާމަށް ފަހު، ފުރުސަތު އޮތް މިންވަރަކުން، ޕްރޮގްރާމްގެ ބައިވެރިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އެޗްޑީސީން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.



18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ގްރޭޑް 10 ނިންމާފައިވާ ނުވަތަ ލެވެލް 2 ގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. އަދި މި ޕްރޮގްރާމްގެ މުއްދަތުގައި، ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ބިދޭސީ މުވައްޒަފުން މަސައްކަތް ކުރާ ނިސްބަތް މަދުކުރުމަށާއި، ތަފާތު ދާއިރާތަކުން ހުނަރުވެރި ދިވެހިން ތަމްރީންކުރުމުގެ ބޭނުމުގައި ހިންގާ މި ޕްރޮގްރާމް ކުރިއަށް ދަނީ އެޗްޑީސީ، މިނިސްޓްރީ އޮފް ޔޫތް އެންޕަވަރމެންޓް އިންފޮމޭޝަން އެންޑް އާޓްސް، މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕްމެންޓް އޮތޯރިޓީ އަދި، ހަޔަރ އެޑިއުކޭޝަން ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން