ތަފާތުނުކޮށް ގާނޫނު ތަންފީޒުކުރުމުގެ ފުރިހަމަ ބާރު ސަރުކާރުން ފުލުހުންނަށް ދޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ، ފުލުހުންނަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯއްނާނެ ކަމަށާއި މީހަކާއި ދޭތެރޭގައި ވަކިގޮތަކަށް އަމަލުކުރަން ސަރުކާރުން ނާންގާނެ ކަމަށެވެ. އެގޮތުން ފުލުހުންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރިހަމަ ބާރު އެބައޮތް ކަމަށާއި އެބާރުގެ ބޭނުންކޮށް ޒިންމާ ނަގައި ޒިންމާދާރު ބަޔަކަށް ފުލުހުން ވާން ޖެހޭނެ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވި އެވެ.



މީގެ އިތުރުން އިހުސާން ވިދާޅުވީ ސަރުކާރުން ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައިދެއްވާނެ ކަމަށެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން މިހާރުވެސް އަހަރަކު ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ ހޭދަވާ ކަމަށާއި، އެހެންކަމުން ފުލުހުން ރައްޔިތުން އެދޭ ފަދަ ޚިދުމަތްތައް ފޯރުކޮށްދީ ނަތީޖާ ނެރެން ޖެހޭ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ފުލުހުންގެ އަމާޒަކަށް ވާން ޖެހޭނީ ކުރިއަށް އޮތް ހަތަރު އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ގޭންގެއް ނިމުމަކަށް ގެނައުން ކަމަށެވެ. އެގޮތުން އަމާޒަކަށް ވާން ޖެހޭނީ ކުށް މަދުކުރުމުގެ ބަދަލުގައި އެއްވެސް ވަރަކަށް ކުށް ނުކުރާ މުޖުތަމައުއެއް ގާއިމްކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒެއް ނޫން މިއަދު އޮތީ 10 ގޭންގު ކަމަށް ވަންޏާ މި ފަސް އަހަރު ނިމޭއިރު އެ 03 އަކަށް މަދުކުރުން، އަޅުގަނޑުމެންގެ އަމާޒަކީ 10 ގޭންގު ވެސް އެއްކޮށް ދިޔުން. މިތަނުން އަޅުގަނޑުމެން ޓާގެޓަކީ އެއްވެސް ހާލެއްގައި އެކްސްސެޓަބަލް ޓައިމް ވެސް ކްރައިމް އެއް ނޫން، އަޅުގަނޑުމެންގެ ޓާގެޓަކީ މިކަހަލަ ކްރައިމް ނަން އެކްސެޓަބަލް ޒީރޯ ޓޮލަރެންސް އަށް ހެދުން." އިހުސާން ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ މިއަދު މަސްތުވާތަކެތި ބޭނުންކުރާ މީހާއާއި ވިއްކާ މީހާއަށް ވެސް އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިއަށް ވަންނަން ހިތަށް އަރާ މީހާ، ތިން ހަތަރު ފަހަރު ވިސްނާލުމަށް ފަހު ރާއްޖޭގައި އެކަން ކުރުމަށް ބިރުގަންނަވަރަށް ފުލުހުންގެ މަސައްކަތް ކުރަންޖެހޭ ކަމަށް އިހުސާން ވިދާޅުވިއެވެ. ރާއްޖޭގައި ޑްރަގުގެ ވަބާއަކީ ނައްތާލަންޖެހޭ އެއްޗެއް ކަމަށާއި އެކަމަކީ މި ސަރުކާރުން ޓޮލެރޭޓް ކުރާނެ ކަމެއް ނޫން ކަމަށް އިހުސާން ވިދާޅުވިއެވެ.

"އަދުގެ ސަރުކާރުގެ ވިސްނުމެއް ނޫން ރާއްޖޭގައި ފަސް އަހަރު ނިމިގެންދާއިރުގައި، ދެން އަންނަ ފަސް އަހަރަކަށް ދިވެހި ދައުލަތާ ހަވާލުވާ ބޭފުޅުން އަނެއްކާ ވެސް މާތްކަލާކޯއޭ، މި ގައުމު ޑްރަގުގެ ވަބާއިން ސަލާމަތްކުރަން ޖެހެއޭ ބުނުމަކީ، ދެން ދައްކަންޖެހޭނީ އެހެން ވާހަކަ އެއް." މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ގްރީން

22-Jun-2024

ކަސްޓަމްސްއަށްވެސް ތިގޮތް ހަމަޖައްސަވާދެއްވަންވާނެ ދެއްތޯ,؟



ޓްރެންޑިން