ރޯޑު ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ)ގެ ބިނާވެހި ޕްރޮގްރާމުގެ ފުރަތަމަ ބުރު މިއަދު ނިންމާލައިފިއެވެ.

ކޯޕަރޭޓިވް އެޑިއުކޭޝަން ބިނާވެހި މި ޕްރޮގްރާމަކީ ސާނަވީ އިމްތިހާނަށްފަހު މަތީ ސާވަނީ ތަޢުލީމު ފެށުމާއި ދޭތެރޭ ނުވަތަ މަތީ ޠާނަވީ އިމްތިހާނަށްފަހު ކޮލެޖްތަކުގައި ކިޔަވަމުންދާ ދަރިވަރިވަރުންނަށް ނުވަތަ ތަޢުލީމު ދޭ މަރުކަޒުތަކަށް ހާޒިރުނުވާ ފަރާތްތަކަށް އެކި ދާއިރާތަކުން މަސައްކަތުގެ ހުނަރާއި ތަމްރީނު އަދި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އާރް.ޑީ.ސީން ހިންގާ ޕްރޮގްރާމެކެވެ.

އާރް.ޑީ.ސީގެ ފުރަތަމަ ބިނާވެހި ޕްރޮގްރާމްގައި ޖުމްލަ 11 ބައިވެރިން ބައިވެރިވެއެވެ. މި ޕްރޮގްރާމަކީ 6 މަސް ދުވަހަށް ކުރިއަށްގެންދާ ގޮތަށް ރޭވިފައި ޕްރޮގްރާމެއް ނަމަވެސް ފުރަތަމަ ބުރުގެ މުއްދަތު 9 މަސް ދުވަހަށްވަނީ އިތުރުކޮށްފައެވެ. އަދި 5 ދަރިވަރަކު ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ކޮންމެ ފަރާތަކަށް މަހަކު 5000 ރުފިޔާގެ އެލަވެންސެއް ދީފައިވެއެވެ. ޖުމްލަ ގޮތެއްގައި މި ޕްރޮގްރާމް ޚާއްސަ ކުރެވިފައިވަނީ 16-21 އަހަރާ ދެމެދުގެ ކުދިންނަށެވެ.



މި ޕްރޮގްރާމްގެ މަޤްސަދަކީ މަސައްކަތުގެ މާހައުލަށް ދަރިވަރުން ހާނުވައި، މަސައްކަތުގެ މާހައުލަށް ނިކުންނަންވާއިރަށް ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.

ޕްރޮގްރާމްގެ ބައިވެރިންނަށް ތަޖުރިބާ ކުރެވުނު ދާއިރާތައް

ފުރަތަމަ ބުރުގެ ބައިވެރިންނަށް ތަފާތު 12 ދާއިރާއަކުން ތަރުޖިބާ ހޯދުމުގެ މަގު ފަހިކޮށްދެވުނު ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ސެކިއުރިޓީ އެންޑް ސޭފްޓީ، އިންވެންޓްރީ، އައި.ސީ.ޓީ، ލޮޖިސްޓިކްސް، ޕްރޮޑަކްޝަން، އެޗް.އާރ، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން، ސޭލްސް އެންޑް މާކެޓިންގ، ޕަބްލިކް ރިލޭޝަންސް ހިމެނެއެވެ. މީގެ އިތުރުން ވެސް މަސައްކަތްތަކަށް އަހުލުވެރިވުމަށް ފީލްޑް ޓްރިޕް ދިއުމާއި، އާރުޑީސީއަށް ފުރުސަތު ލިބޭ އެކިއެކި ތަމްރީން ޕްރޮގްރާމް ތަކުގައި ބައިވެރި ވުމުގެ ފުރުސަތު އެކުދިންނަށް ދެވިފައި ވާނެ ކަމަށް އެކުންފުނިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން