ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހައާ ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހައާ ބައްދަލުކުރެއްވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ފޮރިން މިނިސްޓްރީ ހާމަކޮށްފައިވެއެވެ.



މިނިސްޓަރު ޒަމީރު ލަންކާ އަށް ކުރައްވާ ދަތުރުފުޅަކީ ލަންކާގެ ފޮރިން މިނިސްޓަރު އެމްޔޫއެމް އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރު ވަނީ މިއަދު ލަންކާގެ ފޮރިން މިނިސްޓަރާއެކު ބައްދަލުކުރައްވާ، ދިވެހިރާއްޖެ އާއި ސްރީލަންކާއާއި ދެމެެދު އެކި ދާއިރާތަކުން އެއްބާރުލުންދީ އެކުގައި މަސައްކަތް ކުރަން މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާގައި އިޤްތިޞާދާއި، ވިޔަފާރިއާއި، ތަޢުލީމާއި، މަސްވެރިކަމާއި، ސިއްޙަތާއި، ފަތުރުވެރިކަމާއި، އަދި މީގެއިތުރުންވެސް އެކި ދާއިރާތަކުން އެއްބާރުލުންދީ އެކުގައި މަސައްކަތް ކުރަން މަޝްވަރާކުރެއްވިކަން މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޒަމީރު ލަންކާގެ ފޮރިން މިނިސްޓަރ އަލީ ސަބްރީ އާއި ބައްދަލުކުރައްވާ ރަސްމީ ވާހަކަފުޅުތައް ނިންމަވާލެއްވުމަށް ފަހު މީޑިއާއާ ވެސް ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން