ށ. ފުނަދޫގައި ސިހުރު ހެދި ކަމަށް ތުހުމަތުކުރެވޭ މައްސަަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ) އަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި 60 އަހަރުގެ މީހަކު ހައްޔަރުކުރީ މޭ މަހުގެ ކުރީކޮޅު އެވެ.

އެ މައްސަލައިގައި ފުނަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދަށް އެކި ފަހަރުމަތިން 20 ދުވަހަށް ވުރެ ގިނަ ދުވަސް ބަންދަށް ވެސް ޖެހިއެވެ.

އެހެން ނަމަވެސް އެންމެ ފަހުން ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން އޭނާ ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މަންޑޭއަށް ސިހުރު ހެދި ކަމަށް ބުނެ ފުނަދޫ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މުޒާހަރާވެސް ކުރި އެވެ. އަދި އެ މައްސަލައިގައި ކޯޓް ދޮށުގައި ކުރި މުޒާހަރާ ހޫނުވެ އެސްއޯ ފުލުހުން ވަނީ ޕެޕަސްޕްރޭ ވެސް ބޭނުންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން