މަޖިލިސް ކުރިމަތީ ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފައި-- ފޮޓޯ/ ސަން
މަޖިލިސް ކުރިމަތީ ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފައި-- ފޮޓޯ/ ސަން
މަޖިލިސް ކުރިމަތީ ހުރި ސައިކަލުތަކުގައި ރޯކޮށްލި މައްސަލައިގައި އަދިވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލު ތަކުގައި ރޯކޮށްލީ މިދިޔަ ހޯމަ ދުވަހުގެ ރޭގައެވެ.

އެ ހާދިސާގައި ހަތް ސައިކަލަކަށާއި އަދި ވޭނަކަށް ވެސް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރެއިން ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަަށް އަނދާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން މިދިޔަ އަންގާރަ ދުވަހު މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯކޮށްލިކަމަށް ބެލެވޭ މީހާ މިހާރު ވަނީ ދެނެގަނެވިފަ އެވެ.

ނަމަވެސް އިއްޔެއާއި މިއަދުވެސް "ރަސް"އިން ސުވާލުކުރުމުން ފުލުހުން ބުނީ އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށެވެ.

އަލިފާން ރޯކޮށްލި ސަބަބެއް އަދި ނޭނގެ އެވެ.

މިއީ ފަހުގެ ތާރީހެއްގައި ވެހިކަލްތަކެއްގައި ރޯކޮށްލި އެންމެ ވަރުގަދަ ހާދިސާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން