ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.

އެގޮތުން މާލޭގައި ބޭރު ފައިސާ ވިއްކާ ބައެއް ތަންތަނުން ޑޮލަރު 17.80 ރުފިޔާއަށް އަދި އަނެއްބައި ތަންތަނުން ޑޮލަރު 18 ރުފިޔާއަށް މިހާރު ދަނީ ވިއްކަމުން ނެވެ.

މި އަހަރު ފެށުނުއިރު ވެސް ޑޮލަރުގެ އަގު ހުރީ 18 ރުފިޔާގަ އެވެ.

ނަމަވެސް ފަހުން ޑޮލަރުގެ އަގު ތިރިވަމުން ގޮސް 17.30 އާއި 17.50 އަށް ވެސް ވެއްޓުނެވެ.

ބެލެވޭ ގޮތުގައި ޑޮލަރުގެ އަގު އަނެއްކާވެސް މައްޗަށް ދިޔައީ ހައްޖު މޫސުމާއި އަދި އީދަށް ރާއްޖެއިން ބޭރަަށް އެތައް ބަޔަކު ދާތީ އެވެ.

ހަމަ އެހެންމެ މި ދުވަސްވަރަކީ ޓޫރިޒަމް ސިނާއަތުގެ އޮފް ސީޒަން ކަމަށްވާތީ ރާއްޖެ އަންނަ ފަތުރުވެރިން މަދުވެ ޑޮލަރު ވަންނަލެއް ވެސް ވަނީ މަދުވެފަ އެވެ.

ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް އެމްއެމްއޭއާއެކު ވަރަށް ގާތުން މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު މިދިޔަ އޭޕްރީލް މަހު ވިދާޅުވި އެވެ.

މިސަރުކާރުގެ އަމާޒަކީ މަދުވެގެން 2 އަހަރު ތެރޭގައި ޑޮލަރުގެ ރޭޓް ރަސްމީ ރޭޓަށް ބަދަލުކޮށް އެއަށްވުރެވެސް ދަށްކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން