ރަހީނުކުރުމާއި ފޭރުމާއި ބިރު ދެއްކުމުގެ މައްސަލައިގައި ހައްޔަރުކުރި ދެމަފިރިންގެ ތެރެއިން އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ،

އެ މައްސަލައިގައި 39 އަހަރުގެ ދިވެހި އަންހެނަކާއި 40 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. މި ދެ މީހުންނަކީ ވެސް މެދުރާއްޖެތެރެއަށް ނިސްބަތްވާ އެއްރަށެއްގެ ދެމީހުންނެެވެ.

މިނައްސަލައިގައި ފުރަތަމަ ޖެހީ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް އަދި އަންހެން މީހާގެ ބަންދަށް 10 ދުވަހެވެ.

އެ އަންހެން މީހާގެ ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން އިއްޔެ ވަނީ އިތުރު 15 ދުވަސް ޖަހައިދީފަ އެވެ.

ފުލުހުންނާއި ހަވާލާދީ ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ނެރުނު އަމުރުގައި ބުނެފައިވަނީ އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ އެ މީހާ ރަހީނު ކޮށްގެން ގެންގުޅުނު ހ. ހޯގުޅާ މަންޒިލް ގެއިން ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މީހަކު ރަހީނުކޮށްގެން އުޅޭތީ، ފުލުހުން އެ ގެއަށް ދިއުމުން އެ ގޭގެ ފްލޯއަކުން ފޭބި ވަގުތުގައި ކަމަށް އަމުރުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނީ މައްސަލާގައި ހިމެނޭ ފިރިހެން މީހާ ވެސް ހައްޔަރު ކޮށްފައިވަނީ ރަހީނު ކުރުމުގައި އޭނާ ޝާމިލްވާ ކަމަށް ފުލުހުންނަށް އެނގުމުން އެ ގެ ކައިރިން ކަމަށެވެ.

ރަހީނު ކުރުމުގެ ހާދިސާ ހިނގި ތަނުގައި ލަކުޑި ބުރިތަކާއި ދަނޑިބުރިތަކެއް ހުރި ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން