ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހުނު 18 އަހަރުގެ ޒުވާނާގެ ހާާލަތަށް ބަދަލެއް ނާންނަ ކަމަށް އާއިލާއިން ބުނެފި އެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ހިނގި އެ ހާދިސާގައި އެ ޒުވާނާ ކަރަންޓުގައި ޖެހުނީ އުނގޫފާރު މަގުމަތީގައި ޖަހާފައިހުރި ބައްތިއަކުން އެ ބައްތި ކައިރީ ހެދިފައި އޮތް ފެންގަނޑަށް ކަރަންޓު ލީކުވެފައި ވަނިކޮށް އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ކަރަންޓުގެ އަސަރު ކުރުމާއި ގުޅިގެން އެކުއްޖާ ސަލާމަތް ކުރަން އުޅެނިކޮށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުއްޖާގެ ހިތް މަސައްކަތް ކުރަން ފެށީ އެތައް އިރަކު ސީޕީއާރު ދީ ހެދިފަހުންނެވެ. އަދި ބޭރުފުށުން ފެންނަންހުރި އަނިޔާތައް ކުޑަނަމަވެސް، ބޮޑަށް އަނިޔާ ލިބިފައިވަނީ އެތެރެހައްޓަށް ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އޭގެ ދެތިން ދުވަސް ފަހުން އޭނާއަށް އިތުރު ފަރުވާއަށް މާލެ ގެނެސް އަދިވެސް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގަ އެވެ.

އާއިލާއިން ބުނީ އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ ހައި ޑިޕެންޑެންސީ ޔުނިޓްގައި ކަމަށެވެ.

އަދި ކިޑްނީގައި ފެން އުފެދިފައިވާތީ ޑައިލިސިސް ހަދާފައިވާ ކަމަށް ވެސް އާއިލާއިން ބުނެއެވެ.

މި ހާދިސާއާއި ގުޅިގެން ރަށް ރަށުގައި ހުންނަ މަގު ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުުމުގެ މަސައްކަތް ވެސް ފެނަކައިން ވަނީ ފަށައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން