އެމެރިކާ ސަރުކާރުން ރާއްޖެއަށް ދޭ އެހީއާ މެދު ކުރީގެ ފޮރިން މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ސުވާލު އުފައްދަވައިފި އެވެ.

އިސްރާއިލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން އުޅޭތީ އެމެރިކާއިން ރާއްޖެއަށް ދޭ އެހީ ކަނޑާލަން އެެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މެމްބަރަކު ދަނީ ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހެޅުއްވުމަށް ތައްޔާރުވަމުން ނެވެ.

އެހެންވެ އެކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ރާއްޖޭގެ އެކި ބޭފުޅުން ގެންދަވަނީ ބަހުސްކުރައްވަމުން ނެވެ.

ނަމަވެސް ދުންޔާ އެކްސްގައި ވިދާޅުވީ އެމެރިކާއިން ރާއްޖެއަށް ވެދެނީ ކޮން އެހީއެއްތޯ ބަލަން ޖެހޭ ކަމަށެވެ.

އެމެރިކާއިން ރާއްޖެއަށް މާބޮޑެތި އަދަދު ތަކުން ފައިސާގެ އެހީ ނުދިން ނަމަވެސް ބައެއް ޚާއްސަ ދާއިރާތަކުން ފަންނީ އަދި މާލީ އެހީތެރިކަން އެމެރިކާއިން ފޯރުކޮށްދެމުން ދާކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޝާން

22-Jun-2024

ރަނގަޅު ސުވާލެއް!



ޓްރެންޑިން