ފޮރިން މިނިސްޓަރ މޫސާ ޒަމީރު ސްރީލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދެނާ އާއި ބައްދަލުކުރައްވާ ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުވުން ކުރިއަށްދިޔައީ މިހާރު ފޮރިން މިނިސްޓަރ މޫސާ ޒަމީރު ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދެނާ އާއި ބައްދަލުކުރެއްވުމަށްފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ޒަމީރު ވިދާޅުވީ އެބައްދަލުވުމަކީ ވަރަށްވެސް ކާމިޔާބު ބައްދަލުވުމެއްކަމަށެވެ. އަދި މިބައްދަލުވުމުގައި ދެގައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާކޮށް ބަދަހި ކުރަން ސްރީލަންކާގެ ބޮޑުވަޒީރާއެކު މަޝްވަރާކުރެއްވިކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދެގައުމުގެ "ދެމެދު އޮތް ދުވަސްވީ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި" ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.



މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ސްރީލަންކާއިން ދެމުންދާ އެއްބާރުލުން ފާހަގަކުރައްވާ ބޮޑުވަޒީރަށް މިނިސްޓަރ ޒަމީރު ޝުކުރު އަދާކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ސްރީލަަންކާއަކީ ތާރީޚީ ގާތް ގުޅުމެއް އޮންނަ ދެގައުމެވެ. ފޮރިން މިނިސްޓަރ މޫސާ ޒަމީރު ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ދެގައުމުންވެސް ވަނީ ވަޢުދުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން