އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރައްވާ ރަސްމިއްޔާތަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދައުވަތު އަރުވާފައިވާ ކަމަށް އިންޑިޔާގެ ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.

އިންޑިއާގެ ބައެއް މީޑިޔާތަކުގައި ބުނެފައިވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރައްވާ ރަސްމިއްޔާތަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދައުވަތު ދީފައިވާ ކަމަށެވެ.

މޯދީ ހުވާކުރައްވާ ރަސްމިއްޔާތަށް ރައީސް މުޢިއްޒަށް ދެއްވި ދައުވަތު އެމަނިކުފާނު ގަބޫލުފުޅު ކުރެއްވި ކަމެއް ސާފެއް ނުވެއެވެ. މިކަމާ ގުޅިގެން ދިވެހި ސަރުކާރުން ރަސްމީކޮށް އަދި ވަކި އެއްޗެެއް ހާމަކޮށްފައެއް ނުވެއެވެ.



ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުޢިއްޒު މިހާތަނަށް އިންޑިޔާއަށް ވަޑައިގެންފައެއް ނުވެއެވެ. އެހެން ނަމަވެސް ކޮޕް ސަމިޓްގެ ހަވާސާގައި ރައީސް މުޢިއްޒު ވަނީ އިންޑިޔާގެ ބޮޑުވަޒީރު މޯދީ އާއި ބައްދަލުކުރައްވާފައެވެ.

ބޮޑުވަޒީރު ކަމުގެ އިތުރު ދައުރަކަށް މޯދީ ހޮވިވަޑައިގަތުމާއި ގުޅިގެން ރައީސް މުޢިއްޒު މީގެ ކުރިން ވަނީ މޯދީ އަށް މަރުހަބާ ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ފުރަތަމަ ދައުރުގައި މޯދީ ކުރެއްވިއިރު އެ ރަސްމިއްޔާތުގައި އޭރުގެ ރައީސް ޔާމިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ނިމިދިޔަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 2018 ވަނަ އަހަރު މޯދީ ރާއްޖެ ވަޑައިގަތެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން