މި އަހަރުގެ ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފިއެވެ.



އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިއަހަރު ޒުވާނުންގެ އެވޯޑު ޖުމުލަ 17 ދާއިރާއަކުން ދޭން ނިންމާފައިވާކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، ވިޔަފާރީއާއި އިގުތިސާދު، އާޓްސް އެންޑް ކަލްޗަރ، މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރުން، ދަރުމަވެރިކަން، ވޮކޭޝަނަލް ޓްރޭނިން، ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމަށް މަސައްކަތްކުރުން، ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރުން، މަސްވެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، މިންތީގެ ހަމަހަމަކަން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުން، ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުން، ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުން، ކުޅިވަރުގެ ދާއިރާ – ކުޅިވަރުގެ ދާއިރާއިން އާދަޔާއި ހިލާފު ހުނަރު ދައްކާފައިވާ ފަރާތްތައް، ފަންނިއްޔާތުގެ ދާއިރާ އަދި ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ ފިލައެވެ.

މި އިނާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލާފައިވާއިރު، އިނާމަށް ފޯމު ހުށަހެޅޭނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ. އެޕްލިކޭޝަން ހުށަހެޅުމަށް ގޫގުލް ލިންކް އަދި އެ މިނިސްޓްރީގެ އީމެއިލް ބޭނުންކުރެވޭއިރު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް (ސޯޝަލް ސެންޓަރ) އަށް ވެސް ފޯމް ހުށަހެޅޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން