ސަރުކާރުގެ ހިލޭ އެހީގައި މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރަން ފޮނުވާ މީހުން މާދަމާ ފުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މާދަމާ ފުރާނީ މިއަހަރު ހިލޭ ހައްޖަށް ފޮނުވާ 50 މީހުންގެ ތެރޭގައި ހިމެނޭ 48 މީހެކެވެ. މީގެ ތެރޭގައި ހިމެނޭ އަނެއް ދެ މީހުން މިހާރު ވަނީ މައްކާއަށް ގޮސްފައިކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ މީހުން އަތޮޅުތެރެއިން މާލެ ގެނައުމާއި އެ ފަރާތްތަކުގެ ހުރުމާއި ކެއުންފަދަ އެންމެހާ އިންތިޒާމުތަކެއް ވެސް ހަމަޖައްސަނީ ސަރުކާރުންނެވެ.

ސަރުކާރުގެ އެހީގައި ހައްޖަށް ފޮނުވާ ފަގީރުންގެ ތެރެއިން މި އަހަރު ފޮނުވާ 50 މީހުންގެ ގުރުއަތުނެގުން މީގެ ދުވަސްކޮޅެއް ކުރިން އިސްލާމިކް މިނިސްޓްރީންވަނީ ލައިވްކޮށް ކުރިއަށް ގެންދިޔަ އިވެންޓެއްގައި ބާއްވާފައެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1000 ރައްޔިތުން، ރައީސް ޑރ މުއިއްޒު ގެ ޒަޢާމަތުގެ ފުރަތަމަ 5 އަހަރުގެ ތެރޭގައި، ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

ރިޔާސީ ފުރަތަމަ ދައުރުގައި 1000 ފަޤީރުން ޙައްޖަށް ފޮނުއްވާނޭކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ 18 އޮގަސްޓް 2023 ވަނަ ދުވަހުގެރޭ، ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ އެމަނިކުފާނު ޙަވާލުވެވަޑައިގަތްތާ 3 ވަނަ ހަފުތާ ތެރޭ، 5 ޑިސެމްބަރު 2023 ގައި، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައި، ރިޔާސީ ދައުރުގައި އަންނަ ފުރަތަމަ ޙައްޖު މޫސުމުގައި، ސަރުކާރުގެ ޚަރަދުގައި 50 ފަޤީރުން ޙައްޖަށް ފޮނުއްވުމަށް ނިންމަވައި އެކަން ވަނީ އިޢުލާނު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ރައްޔިތުން

22-Jun-2024

ތިބުނާ ފަގީރުންވެސް ކިއުގަޖައްސާ ނޫނީ. 1000 ޖާގަފަހައްޖެހެނީނުން ނިކަމެތި ރައްޔިތުންނަށް ވަރަށް ބޮޑުތަން ދަށަށް ތިދަނީ މިފަހަރު ވެސް ބުނި 2000 ކޯޓާޔޭ އެކަމަކުވެސް ނުލިބުނުވިއްޔީ. ތިވަރަށް ބޭއިންސާފު ނުކުރައްވާ މީ ވެސް ހަމަދިވެހީންނޭ


5

ރައްޔިތުން

22-Jun-2024

ތި 1000 ވެރިން ވެސް ކިއުގަޖައްސާ ކިއުގަތިބީވެސް ދިވެހި ރައްޔަތިންނޭ އެމީހުން 1000 ޖާގަފަހައްޖެހެނީނުން 😭😭😭



ޓްރެންޑިން