މިއަހަރުގެ ހައްޖުމަހުގެ ހަނދު މިރޭ ސައުދީއަށް ފެނުމުން މާދަމާއަކީ މިމަހުގެ ހައްޖު ދުވަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި އެގައުމުން ކަނޑައަޅައިފިއެވެ.

ސައުދީ ސަރުކާރުން މިރޭ ބުނެފައިވަނީ ޛުލްހިއްޖާ މަހުގެ ހަނދު ފެނިފައިވާތީ އަރަފާތް ދުވަހަކީ މި ހިނގާ ޖޫން މަހުގެ 15 ވަނަ ދުވަސް ކަމަށެވެ. އެހެންކަމުން އަޟުޙާ އީދު ވާނީ މި ހިނގާ ޖޫން މަހުގެ 16 ވަނަ ދުވަހަށްކަމަށް ވެސް ސައުދީން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވީ ސައޫދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ޒުލަހިއްޖާ މަހުގެ ހަނދު ފެނިފައިވުމާ އެކު ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުސޫލަށް ރިއާޔަތްކޮށް، ރާއްޖޭގައި ވެސް މި އަހަރުގެ ހައްޖު މަހުގެ އެއް ވަނަ ދުވަހަކީ މާދަމާ, ހަތެއް ޖޫން، ވާ ހުކުރު ދުވަސް ކަމަށެވެ. އަދި އަރަފާތު ދުވަހަކީ 15 ޖޫން ހޮނިހިރު ދުވަސް ކަމަށާއި، އަލްހާ އީދު ދުވަހަކީ 16 ޖޫން ވާ އާދިއްތަ ދުވަސްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ހިޖުރީ ކަލަންޑަރުގައި ކުރިން އޮތްގޮތުން އަރަފާތު ދުވަސްވަނީ ޖޫން 16 އަށެވެ. އެހެންކަމުން އޭރު އޮތީ އީދު ވާނީ ޖޫން 17 ވަނަ ދުވަހަށް ކަމަށެވެ.

ހައްޖު ދުވަސް އަވަސްވިކަމަށް ނިންމާފައިވާއިރު ރާއްޖެއިން ހައްޖަށްދާ އެންމެ ފަހު ގުރޫޕް މާދަމާ ފުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ހައްޖާއި ބޮޑު އީދު ހިމެނޭ ދުވަސްތަކުގެ ގޮތުގައި މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 22 ގެ ނިޔަލަށް ސަރުކާރު ބަންދުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން