ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީވާން މުސްލިމުން އަތުގުޅާލަން ޖެހޭ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެެވެ.

މިއަދުގެ ހުތުބާގައި ބުނީ ފަލަސްތީނުގެ ޣައްޒާ އާއި ފަލަސްޠީނުގެ އެ ނޫން ވެސް އަވަށްތަކުގައި ސަހުހްޔޫނީން ހިންގަމުން ގެންދާ އުދުވާނީ ޢަމަލުތަކަކީ ފަލަސްޠީނުގެ ނަސްލު ނައްތައިލުމަށްޥ ޓަކައި ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކެެއް ކަމަށެވެ. އަދި އެ ހުރިހާ ޖަރީމާތަކެއް ހިންގަމުން އެގެންދަނީ އިންސާނީ ޙައްޤުތަކާއި ބައިނަލްއަގުވާމީ ޤާނޫނުތަކާއި އިންސާފުގެ ހަމަތަކާއި މުޅީން ހިލާފަށް ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.

އިސްރާއިިލުގެ އުދުވާންތަކުގައި އެތައް ހާސް ބަޔަކު ޝަހީދުކޮށްލައިފައި ވާއިރު ކުޑަކުއްޖަކަށް އަންހެނަކަށް މުސްކުޅިއަކަށް ބެލުމެއް ނެތް ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ. އެތައް ބަޔަކު ނުކުޅެދޭ މީހުންނަށް ވެފައިވާއިރު އެ އަނިޔާވެރި ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ޚުތުބާގައި ވަނީ ކުށްވެރިވެސްކޮށްފަ އެވެ.

ހުތުބާގައި ބުނީ އަޅުގަނޑުމެން މުސްލިމުންގެ ހައިސިއްޔަތުން ފަލަސްޠީނުގެ ރައްޔިތުންނާމެދު އަދާކުރަން ޖެހޭ އަހުލާގީ ވާޖިބުތަކެއް ވާ ކަމަށެވެ.

"ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލުމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ޓަކައި ހެޔޮ ދުއާ ކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް އަޅުގަނޑުމެން އެންމެން އަތުގުޅައިލަން ޖެހެއެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާއާއި ގުޅިގެން އެހީތެރިވުމަކީ، މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން އަދާކުރަން ޖެހޭ އަހުލާގީ އަދި ދީނީ ވާޖިބެކެވެ. މާތް اﷲ އަށް ޓަކައި ހޭދަކުރެވޭ އެއްޗަކީ ގެއްލިގެންދާނެ އެއްޗެއްނޫނެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ރާއްޖެއިން އަދާކުރަމުންދަނީ ނަމޫނާ ދައުރެއް ކަމަށް ވެސް މިއަދުގެ ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން