ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވަކި އިދާރާއަކުން އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މުހިންމުކަމަށް އަލިއަޅުވާލައްވައިފަ އެވެ.

އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި މުޖުތަމައުގެ ރޯލެއް ވެސް އެބައޮތް ކަމަށް މެޑަމް ސާޖިދާ ފާހަގަ ކުރެއްވި އެވެ.

އެކަމަނާ ވިދާޅުވީ ކާބޯތަކެތީ ރައްކާތެރިކަން ކަށަަވަރު ކުރުމަކީ ވަކި އިދާރާއަކުން ނޫނީ ވަކި މުއައްސަސާއަކުން އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ. އަދި އެއީ މުޅި މުޖުމަތައުގެ އެންމެހާ ރައްޔިތުންނާވެސް ގުޅިފައިވާ ކަމަކަށްވާއިރު، ފަރުދީ ގޮތުން ކޮންމެ ރައްޔިތަކުވެސް އަދާކުރައްވަންޖެހޭ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް ސާޖިދާ އިލްތިމާސްކުރެއްވިއެވެ.

ހަމަ އެހެންމެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ކުޑަކުރެވިގެން ދާނެ ކަމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި މެދު އާންމުންނާއި ކަމާއި ގުޅޭ މުއައްސަސާތައް އަހުލުވެރިކުރުމަކީ ކާބޯތަކެތީގެ ޒަރީއާއިންޖެހޭ ބަލިތައް ކޮންޓްރޯލްވެ އެކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކުޑަ ކުރެވިގެންދާނެ ކަމަށްވެސް ސާޖިދާ ވިދާޅުވިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހަކީ 07 ޖޫންއެވެ. މިދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްޞަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، އާއްމުން ހޭލުންތެރިކުރުވައި، ކާބޯތަކެތީގެ ޒަރީއާއިން ދިމާވާ އިޤްތިޞާދީ އަދި ޞިއްޙީ މައްސަލަތަކުން ސަލާމަތްވެ ދުޅަހެޔޮ އުފާވެރި މުޖުތަމައެއް ބިނާކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން