ލިބިފައިވާ ހުނަރުން ގައުމަށް ހިދުމަތް ކުރުމަކީ ވާޖިބެއް ކަމަށް ދެކެން ޖެހޭ ކަމަށް ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި އެ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ނާއިބު ރައީސް ވިދާޅުވީ މި ސަރުކާރުން ތައުލީމަށް ހާއްސަ އިސްކަމެއް ދެމުންދާ ކަމަށެވެ.

ހަމަ އެހެންމެ ސަރުކާރުގެ އެއް އަމާޒަކީ، މަތީ ތައުލީމު އުނގެނުމުގައި ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ދެނެގަނެ، ދަރިވަރުންނަށް ލުއިފަސޭހަތަކެއް ހޯދައިދެވޭނެ މަގުތައް ފަހިކޮށްދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނާއިބު ރައީސް ވިދާޅުވީ ދަރިވަރުން ދަސްވެނިވުމަށްފަހު ކޮންމެ މައިދާނެއްގައި މަސައްކަތް ކުރި ކަމުގައިވިޔަސް، ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށާއި، މުޖުތަމަޢުގެ ހަމަޖެހުމަށް މަސައްކަތް ކުރުމަކީ އެންމެ އިސް ވާޖިބެއްކަމުގައި ދެކެންޖެހޭ ކަމަށެވެ، އަދި އިލްމީ ދިރާސާތައް ކުރުން ހުއްޓާ ނުލާ ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

ރޭގެ ހަފްލާގައި ނާއިބު ރައީސް ވަނީ އިސްލާމިކް ޔުނިވާސިޓީޏް ދަސްވެނިވި ބައެއް ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވައި އަދި ހާއްސަ އެވޯޑުތައް ވެސް ހަވާލުކޮށްދެއްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން