ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް އެހީވާ ޓެލެތޯން އަންނަ ބުދަ ދުވަހު ކުރިއަށް ގެންދަން ނިންމައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ހޯމް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ ޓެލަތޯންގެ ދަށުން މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވާނެ ކަމަށެވެ.

ސަރުކާރުން ބުނީ އެ ޓެލެތޯން ކުރިއަށް ގެންދާނީ ބުދަ ދުވަހުގެ ހެނދުނު 8:00އިން ރޭގަނޑު 12:00އަށް ކަމަށެވެ.

ރާއްޖޭގައި މީގެ ކުރިން ވެސް ފަލަސްތީނަށް އެހީވުމަށް ޓެލެތޯންތައް ބާއްވައިފައިވާ އިރު އެ ޓެލެތޯންތަކަށް ހޫނު ތަރުހީބެއް ލިބިފައި ވެއެވެ. އެހެންކަމުން މި ފަހަރުވެސް ޣައްޒާއަށް އެހީވުމަށް ހިންގާ ޓެލެތޯނަށް ހޫނު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ފަލަސްތީނަށް އެހީދޭ ޔޫއެން ރިލީފް އޭޖެންސީއަށް ފަންޑްރެއިސް ކުރަން ވެސް ހާއްސަ ހަަރަކާތްތަކެއް ބާއްވާނެ އެވެ.

ޣައްޒާގައި އިސްރާއިލުން ގަތުލު އާންމެއް ހިންގަމުންދާ އިރު މިހާތަނަށް އިސްރާއިލުން ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 36،000އިން މައްޗަށް އަރައިފަ އެވެ.

އިސްރާއިލުގެ ގަތުލު އާންމާ ގުޅިގެން ރާއްޖެއިން ވަނީ އިސްރާއިލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން