ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންނަން ނިންމުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ ޕީއެންއެފްގައި އިސްކޮށް އުޅުއްވާ މުހައްމަދު މަލީހު ޖަމާލު ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

ނިހާން ހުސައިން މަނިކުގެ މައްޗަށް ރިޝްވަތުގެ ހަތަރު ދައުވާއަކާއި މަނީލޯންޑްރިންގެ ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ.

އެކަމަކު ޕީޖީ އޮފީހުން ބުނީ 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލާގެ ހުކުމަށް ރިއާޔަތްކޮށް ބެލިއިރު، ނިހާންގެ މައްޗަށް އެ ދައުވާ ސާބިތުވާނެ ކަމަށް ނުބެލެވޭތީ ނިހާންގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންދަން ނިންމީ ކަމަށެވެ.

އެކަމާ ގުޅިގެން މަލީހު އެކްސްގައި ވަނީ ޕީޖީގެ އެފަދަ ނިންމުންތަކާއެކު އެފަދަ މުއައްސަސާތަކަށް އޮންނަ އިތުބާރާމެދު ސުވާލު އުފައްދަވައިފަ އެވެ.

މަލީހު ވިދާޅުވީ ވައިޖެހޭކޮޅަކަށް ދީލާލާ މިފަދަ މުއައްސަސާތަކުގެ ވެރީންނަކީ ޤާނޫނު އަސާސީގެ ދުޝްމަނުން ކަމަށެވެ.

"ވަޒީފާގެ އަޅުން. ސިޔާސީ ބޭފުޅުންގެ ތުންފުހި. މުޅި ގައުމަށް ލަދުވެތި ދުވަހެއް." މަލީޙު ވިދާޅިުވި އެވެ.

ނިހާންގެ މައްސަލަ އަނބުރާ ގެންނަން ނިންމި އިރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް އޭނާ މިހާރު ވަނީ އައްޔަންކުރައްވާފައެވެ. އެ މަގާމަށް ނިހާން އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމެވެ. ނިހާން މިހާރު ވަނީ އެ ވަޒީފާއަށް ނިކުންނަވަން ފައްޓަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން