ހައްޖަށް މީހުން ގެންދަން ޒަކާތު ފަންޑުން އެއްވެސް ޚަރަދެއް ކޮށްފައިނުވާނެ ކަަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ސަރުކާރުގެ ޚަރަދުގައި ހައްޖަށް މީހުން ގެންދާތީ އެކަމާއި ގުޅިގެން ނަފުރަތު އުފެދޭގޮތަށް ބައެއް ފަރާތްތަކުން އެކި ވާހަކަ ދައްކަމުންގެންދާ ކަމަށެވެެ.

އެގޮތުން ހައްޖަށް މީހުން ގެންދަނީ ޒަކާތު ފަންޑުން ޚަރަދުކޮށްގެން ކަމަށާއި ހައްޖު ވާޖިބުނުވާ ބަޔަކަށް ސަރުކާރުން ފުރުސަތު ހޯދައިދޭކަމަށް ބަޔަކު ބުނަމުންދާ ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ ބަޔަކު މީހުން އެ ވާހަކަތައް ފެތުރި ނަމަވެސް އެފަދަ އެއްވެސް ކަމެއް ނުހިގާ ކަމަށެވެ. ހައްޖަށް މީހުން ގެންދަނީ ޒަކާތު ފަންޑުން ޚަރަދުކޮށްގެން ނޫން ކަމަށާއި ހައްޖަށް މީހުން ގެންދަނީ ދައުލަތުގެ ޚަރަދުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިކަމާ ގުޅިގެން ވެސް ނަފްރަތު އުފެދޭ ވާހަކަތައް އެބަދައްކާ. މީހުން ހައްޖަށް ފޮނުވަނީ ޒަކާތުގެ ފައިސާއިންނޭ. މިއީ ހައްޖު ވާޖިބުނުވާ ބަޔަކަށް ހައްޖުގެ ކިޔު ސިސްޓަމްގެ ތެރެއިން ނާޖައިޒް ގޮތުގައި ޖާގަ ހޯދައިދިނިއްޔޭ. މި ގޮތަށް ވާހަކަތައް ފަތުރަމުންދަނީ. މިއީ ވަރަށް ހިތާމަވެރި ކަމެއް. އެފަދަ އެއްވެސް ކަމެއް ނުހިނގާ. ޒަކާތުގެ ފައިސާއިން ފަގީރުންގެ ހައްޖަށް ހޭދަކުރުން ޝަރުއީ ގޮތުން މައްސަލައެއް ނޫން. އެހެން ނަމަވެސް ސަރުކާރުން މިކަން ކުރަނީ ދައުލަތުގެ ހަރަދުގައި." މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ ސަރުކާރުން ހައްޖަށް ލިބޭ ކޯޓާގެ ތެރެއިން ކޮންމެވެސް ވަރެއް އަބަދު ވެސް ރިޒާވްގައި ބަހައްޓާ ކަމަށެވެ. ފަގީރުންނަށް ހައްޖުގެ ފުރުސަތު ފަހިކޮށްދިނީ އެ ކޯޓާގެ ތެރެއިން ކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ ހައްޖަށް ދިޔުމުގެ ތަނަވަސްކަން ނެތް މީހުން ދައުލަތުގެ ޚަރަދުގައި ހައްޖަށް ގެންދިޔުމަކީ އިސްލާމީ އުންމަތުގައި ކުރަމުން އައި ކަމެއް ކަމަށެެވެ. އެހެންކަމުން ޝަރުއީ ގޮތުން އެއީ މައްސަލައެއް ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން