އައްޑޫ ސިޓީއަށް މެދުނުކެނޑި ފެން ލިބޭނެ ގޮތް ފެނަކައިން ހަދައިފިއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ފެނަކައިން ވަނީ އައްޑޫ ސިޓީއަށް ބޯހޯލް ޕަމްޕެއް ފޮނުވާފައެވެ. މި ޕަމްޕު ފޮނުވުމާއި އެކު ވަނީ އިންސްޓޯލްކޮށް ޚިދުމަތް ދޭން ފަށާފައެވެ.



މިކަމާގުޅިގެން ފެނަކައިން ވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ލުޔެއް ގެނެވިފައިވާ ކަމަށް ބުނެފައެވެ. އަދި މި ޕަމްޕުން ހިދުމަތްދޭން ފެށުމާއެކު މެދުނުކެނޑި ފެން ފޯރުކޮށްދެވޭނެކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.



އައްޑޫ ސިޓީގެ ފެނުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ 256 މިލިއަން ރުފިޔާގެ މަޝްރޫއެއް އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްފައެވެ. މިޝްރޫއު ނިމުމުން އައްޑޫގެ ފެނުގެ ނިޒާމް ޒަމާނީވެ އަޕްގްރޭޑް ވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން