ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އަދި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރ މަގާމަށް ބަދަލުކޮށް މަގާމުގެ ކުރިއެރުން ދީފިއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި، އެ ދެ ބޭފުޅުންނަށް ޕްރޮމޯޝަން ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނުއެވެ.

އޭސީޕީ އަކީ އިދާރީ ގޮތުން ޕްރޮމޯޝަން ދެވޭ ފުލުހުންގެ އެންމެ މަތީ ރޭންކުކަން ފާހަަގަކޮށްލެވެއެވެ.

ޝަރީފު މިހާތަނަށް ހުންނެވީ ސެންޓްރަލް ޕޮލިސިން އަދި މާލެ ސަރަހައްދުގެ ފްރޮންޓްލައިން ޕޮލިސިންގެ އިސްވެރިޔާގެ މަގާމުގައެވެ. އޭގެ އިތުރުން އެކި ޑިޕާޓްމަންޓުތަކުގައި އިސްކޮށް މަސައްކަތްކުރައްވައި ކޮމާންޑަރުކަން އޭނާ ވަނީ އަދާކުރައްވާފައެވެ.

ޝިފާން ހުންނެވީ ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯގެ ފުރަތަމަ އެގްޒެކެޓިވް ޑިރެކްޓަރު މަގާމުގައެެވެ. އޭނާ ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑްކަން އަދި އައްޑޫ ޕޮލިސް އެކަޑެމީ ގައި ވެސް މަސައްކަތް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން