ހައްޖަށް ނުދެވި ކިއުގައި ތިބި މީހުންގެ އަދަދު އިތުރުވީ ކޮވިޑާ ގުޅިގެން ދެ އަހަރު ވަންދެން މީހުން ހައްޖަށް ނުގެންދެވުމުން ކަމަށާއި، އެ ކިއު ފަޅާލާފައި، ހައްޖަށް ދިއުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ހޯދައިދީފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވީ، ސަރުކާރުގެ ބޭނުމަށް ހައްޖު ކޯޓާގެ ބައެއް ޖާގަ ޚާއްސަކުރުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށެވެ. ޝަހީމް ވިދާޅުވީ ހައްޖަށް ދާން ފައިސާ ދައްކާފައިވާ މީހުންގެ ކިއުއިން މިއަހަރާ ހަމައަށް ޖާގަދެމުން އަންނަނީ 700އެއްހާ މީހުންނަށް ކަމަށެެވެ.

އެހެންނަމަވެސް މިއަހަރަކީ އެ އަދަދު ހާހަކުން މަތީގައި އުޅޭ ފުރަތަމަ އަހަރު ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. ޑރ. ޝަހީމް ވިދާޅުވީ 2022 ވަނަ އަހަރު ރާއްޖެއިން ހައްޖަށް ދިޔައީ ޖުމުލަ 400 މީހުން ކަމަށާއި އޭގެ ކުރީ ދެއަހަރު ކޮވިޑާއި ގުޅިގެން ރާއްޖެއިން މީހުން ހައްޖަށް ނުދާ ކަމަށެވެެ.

"ރާއްޖޭގެ ހައްޖު ކިއު ދިގުވެފައި އެއޮތީ ކޮވިޑާ ގުޅިގެން ތިން އަހަރު މީހުން ހައްޖަށް ނުދެވުމުގެ ސަބަބުން. މި ހަގީގަތް ގަބޫލުނުކޮށް މުއައްސަސާތަކުގެ އަގު ވައްޓާލުމަކީ ދެރަވަރު ކަމެއް،" ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައި ވެއެވެ.

މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ހައްޖު ކޯޕަރޭޝަނަކީ ދުނިޔޭގެ ހައްޖު އިދާރާތަކުގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ތަނެއް ކަމަށެވެ. އެގޮތުން، ރާއްޖޭގައި އުސޫލު އޮންނަ ގޮތުން، ފައިސާ ދައްކާ ކޮންމެ މީހަކަށް ޖާގަ ކަށަވަރުވެ، ހައްޖަށް ދެވޭނެ އަހަރު ޔަގީންވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެއާ ޚިލާފަށް ބައެއް ގައުމުތަކުގައި ހައްޖަށްދާ އެންމެން ހޮވަނީ ގުރުއަތަކުން ކަމަށާއި، އެއްވެސް މީހަކަށް އޭރުން ޖާގަ ޔަގީން ނުވާކަން މިނިސްޓަރު ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރާނީ 1500 މީހުންނެވެ. ރާއްޖެއިން ހައްޖަށް ދާ މީހުން މިހާރު ފުރާފައިވާއިރު، އޭގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި ހައްޖަށް ދާ 50 މީހުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ާއާމިނާ

22-Jun-2024

ޢެއްހާސް ކޯޓާ ލިބުނު ކަމަށް ވިދާޅުވި . ޢެކަމަކު ޚަބަރުގައި އޮތީ މިފަހަރު ފަނަރަ ސަތަޭކަ މީހުން ރާއްޖެއިން ހައްޖަށް ދާކަމަށް. ކީކޭ މިކިޔަނީ



ޓްރެންޑިން