މިޔަރުގެ ފަރާތުން ލިބެމުންދާ ގެއްލުންތަކާއި ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން ދާކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މިޔަރުގެ ސަބަބުން އެކިކަހަލަ އުނދަގޫތަކާއި ކުރިމަތިވާކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބެމުންދާކަމަށެވެ.

ހާއްސަ ގޮތެއްގައި މަސްވެރިންގެ ފަރާތުން އެ ޝަކުވާ ގިނައިން ލިބޭ ކަމަށާއި އޭގެ އިތުރުން މިޔަރުގެ ފަރާތުން ބައެއް އިންސާނުންނަށް ވެސް އަނިޔާލިބި ހިތާމަވެރި ހާދިސާތައް ހިނގަމުންދާކަމަށާއި އެހެންކަމުން މިޔަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރަށް ކުރެވެން ހުރި ކަންކަން ބައްލަވަމުން ދާކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައި މިވަނީ، މިޔަރު ހަމަލާ ދިނުމުގެ ސަބަބުން އެމްއެންޑީއެފް ޓްރޭނިންގ އެއްގައި އުޅެނިކޮށް އުނގޫފާރަށް ނިސްބަތްވާ ޒުވާނަކު ދާދިފަހުން ނިޔާވެފައިވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން