ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުފުޅާއި އެކު ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިތުރު ދައުރަކަށް ހުވާ ކުރައްވާ ރަސްމިއްޔާތަށް ރައީސް ޑރ. މުޢިއްޒު ރޭގެ ވަގުތެއްގައި ވަނީ ފުރާވަޑައިގެންފައެވެ. އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރައްވާ މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖެއާއި އިންޑިއާ ދެމެދު އޮތް އެކުވެރިކަމަށް އިތުރު ބާރެއް ލިބިގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނަށް އެބައޮތް ކަމަށެވެ.



މިއީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ ޒަމީރުގެ އިތުރުން ފިނޭންސް މިނިސްޓަރ ޑރ. މުޙައްމަދު ޝަފީގާއި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އިންޑިއާގެ ބޮޑުވަޒީރު އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ޖޫންމަހުގެ 9 ވާ އާދިއްތަ ދުވަހުއެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ އިތުރުން އެހެން ބައެއް ޤައުމުތަކުގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން