ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދޮން ބައްޕާފުޅު އަވަހާރަވެއްޖެ އެވެ.

ދ. މީދޫ ގުލްޝަންކިނާރާ، އަލީ އިބްރާހިމް (ދޮން އަލިބެ) އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

ދޮން އަލިބެ އަވަހާރަވި އިރު އުމުރުފުޅުން 78 އަހަރެވެ.

މަރުހޫމްގެ މޫނު ދެއްކުން އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު ކަށުނަމާދު އޮންނާނީ އިސްލާމީ މަރުކަޒުގައި މެންދުރު ނަމާދަށް ފަހު އެވެ.

ދޮން އަލިބެ ވަޅުލާން ހަމަޖެހިފައި ވަނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން