ހުޅުމާލޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ކޯޕަރޭޓް އޮފީހެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އެމްޕީއެލުން ކުރި އިއުލާނުގައި ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔުންތައް މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ 100 އިން ސައްތަ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެ އިމާރާތުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އެ އިމާރާތް އަޅަން ނިންމާފައި ވަނީ ކިހާ އުސްމިނެއްގައި ކަމާއި އަދި ކިހާ ބޮޑު ސަރަހައްދެއްގައި ކަމެއް އެމްޕީއެލަކުން ނުބުނެއެވެ.

އެމްޕީއެލް ހުޅުމާލެ ޕޯޓަށް ގެންނަ މުދާ އިތުރުވަމުން ދިއުމާއި ގުޅިގެން، ޚިދުމަތް އިތުރަށް ފުޅާކޮށް، 2021 ވަނަ އަަހަރު ފަހުކޮޅު ވަނީ ޓާމިނަލެއް ވެސް ހުޅުވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން