ބ. އަތޮޅު ވެސްޓިން ރިސޯޓަށް މިއަދު ހަވީރު ދަތުރުކުރި ޓީއެމްއޭގެ ސީޕްލޭން އެކްސިޑެންޓްވެ ދިޔަވަމުންދާ މަންޒަރު ފެންނަ ވީޑިއޯއިން ސްކްރީން ގްރޭބްއެއް.
ބ. އަތޮޅު ވެސްޓިން ރިސޯޓަށް މިއަދު ހަވީރު ދަތުރުކުރި ޓީއެމްއޭގެ ސީޕްލޭން އެކްސިޑެންޓްވެ ދިޔަވަމުންދާ މަންޒަރު ފެންނަ ވީޑިއޯއިން ސްކްރީން ގްރޭބްއެއް.
ބ. އަތޮޅު ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓަށް މިއަދު ހަވީރު ދަތުރުކުރި ޓީއެމްއޭގެ ސީޕްލޭން ފްލައިޓެއް އެކްސިޑެންޓްވެ ދިޔަވަމުންދާކަމަށް ރިޕޯޓުކޮށްފިއެވެ.

މިހާދިސާއާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ބ. އަތޮޅު ރިސޯޓަކަށް މިއަދު ދަތުރުކުރި ސީޕްލޭނެއް، ޖައްސަން އުޅުމުގެ ތެރޭގައި ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.

އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ނަމަވެސް މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އަދި މިހާދިސާ އާއި ގުޅިގެން، މިހާދިސާގައި ދިޔަވަމުންދާ ސީޕްލޭން އޮޕަރޭޓް ކުރާ ޓީއެމްއޭއިން ވެސް ވަކި އެއްޗެއް އަދި ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް ޓީއެމްއޭ އާއި ހަވާލާދީ އެމްއެންޑީއެފުން ބުނީ މިހާދިސާގައި އެއްވެސް ފަސިންޖަރަކަށް އަނިޔާ ނުވާކަމަށާއި އަދި ހުރިހާ ފަސިންޖަރުންވެސް މިހާރު މާލެ ގެނެސްފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން