ޓީއެމްއޭގެ ސީޕްލޭނެއް މޫދަށް ޖައްސަން އުޅުމުގެ ތެރޭގައި ބޯޓުގެ ކަނދަށް ގެއްލުންވެ ދިޔަވި ހާދިސާ ސިވިލް އޭވިއޭޝަން އޮތޯރިޓީން ތަހުގީގު ކުރަން ފަށައިފި އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން މިރޭ ނެރުނު ބުލެޓިންއެއްގައި ބުނީ އެ ހާދިސާ ހިނގާފައި ވަނީ ބ. އަތޮޅު ސީސައިޑް ފިނޮޅު ރިސޯޓުން ފުރައިގެން އެ އަތޮޅު ވެސްޓިން މިރިޔަންދޫ ރިސޯޓަށް ދަތުރު ކުރި ބޯޓަކަށް ކަމަށެވެ. މައްސަލަ ދިމާވީ އެ ބޯޓުގެ ކަނާތު ކަނދަށް ކަމަށް ވެސް އެ ބުލެޓިންގައިވެ އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ އެ ހާދިސާ ހިނގިއިރު، ބޯޓުގައި 11 ފަސިންޖަރުންނާއި ތިން ކުރޫއިންނާ އެކު ޖުމުލަ 14 މީހުން ތިބި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އެ ހާދިސާގައި ބޯޓަށް އެކިވަރުގެ ގެއްލުންވި ނަމަވެސް ބޯޓުގައި އުފުލި އެއްވެސް ދާގީނާއަކަށް ގެއްލުމެއް ނުވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ޑީއެޗްސީ ޑޭޝް 6 މަރުކާގެ އެ ސީޕްލޭންގެ ކަނދަށް މައްސަލަ ދިމާވެ ހާދިސާ ހިނގީ މިއަދު މެންދުރުން އަނބުރައި 3:30 ހާއިރުއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން