19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ނިންމި ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމައަށް އޮތީ އިސްރާއީލް ޕާސްޕޯޓު މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުމެވެ.

އެއަށްފަހު ދެން އޮތީ މަޖިލީހުގެ މިދިޔަ ދައުރުގައި ރުހުން ނުލިބުނު ތިން ވަޒީރުންނަށް ރުހުން ދިނުމާމެދު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ރިޕޯޓު ހުށަހެޅުމެވެ. އެއަށްފަހު ވޯޓަށް އެހޭ ހިސާބުގައި މަސައްކަތެއް އޮތްނަމަ ވޯޓަށް އެހުން އެޖެންޑާގައި ހިމަނާފައިވެއެވެ.

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިނުވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން އެ ތިން ބޭފުޅުންނަށް ރުހުން ނުދިނުމުން ރައީސް މުޢިއްޒު ވަނީ އެބޭފުޅުން ހަމަ އެ މަގާމުތަކަށް އަލުން އައްޔަން ކުރައްވައި މަޖިލީހުގެ ރުހުން ހޯދުމަށް ދެވަނަ ފަހަރަށް ފޮނުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން