ސަރުކާރުގެ އެހީގައި ކުރާ ހައްޖު ރަނގަޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ވިދާޅުވީ ސަރުކާރަކީ ރައްޔިތުންގެ ބެލެނިވެރި ފަރާތް ކަމަށާއި ސަރުކާރުގައި ހުންނާނީ ރައްޔިތުންގެ ފައިސާ ކަމަށެވެ. ފަގީރަކަށް ވިޔަސް އަދި ފަގީރަކަށް ނުވިޔަސް ސަރުކާރުން ނުވަތަ އެހެން މީހެއްގެ އެހީގައި ކުރާ ހައްޖަކީ 100 ޕަސެންޓް ރަނގަޅު ހައްޖެއް ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެއީ ސިޔާސީ ވާހަކައެއް ނޫން ކަމަށާއި އެއީ ދީނީ ވާހަކައެއް ކަމަށެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި މީހުން މީގެ ކުރިން ވެސް ހައްޖަށް ފޮނުވަމުން އައި ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސަރުކާރުން އަހަރަކު 40 މީހުން ހައްޖަށް ފޮނުވި ކަމަށާއި އަދި ސައުދީ ސަރުކާރުގެ ޚަރަދުގައި ވެސް މީހުން ހައްޖަށްދާކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ސައުދީ ސަރުކާރުގެ ހަރަދުގައި ފަލަސްތީނުން ވެސް 1،000 މީހުން މިއަހަރު ހައްޖަށްދާކަން ވެސް ޝަހީމް ވަނީ ފާހަގަކުރައްވާފަ އެވެ.

ސަރުކާރުގެ ޚަރަދުގައި ކުރާ ހައްޖު ސައްހަވާނެ ކަމަށް ސައުދީ އަރަބިއްޔާގެ ދަންނަބޭކަލުންގެ މަޖިލީހުން ފަތުވާދީފައި އޮންނާނެ ކަމަށާއި އަދި އިސްލާމީ ދުނިޔޭގެ އެންމެ ބޮޑެތި އިލްމުވެރިންގެ ފަތުވާ ވެސް އެކަމުގައި އޮންނާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. ނިކަމެތިން ހައްޖަށް ފޮނުވަން ނިންމެވުމުކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ރަނގަޅު ނިންމެވުމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

މިއަހަރުން ސަރުކާރުގެ ޚަރަދުގައި ވަނީ 50 މީހަކު ހައްޖަށް ފޮނުވާފައެެވެ. މިފަސްއަހަރުގެ ތެރޭގައި ސަރުކާރުގެ ޚަރަދުގައި ފަގީރުންގެ ތެރޭގައި ހިމެނޭ 1000 މީހުން ހައްޖަށް ފޮނުވުމަކީ ސަރުކާރުގެ ވައުދެކެެވެ.


ކިޔުންތެރިންގެ ހިޔާލު


3

ސ.

22-Jun-2024

ފަގީރުންހޯދާ ޔަޤީންކޮށްފަ ފޮނުވިނަމަ ރަނގަޅުވީސް. ނޫނީ ފަގީރުންނޭ ނުކިޔާ


0

ާަޢަލީ ޙަސަން

22-Jun-2024

ޙައްޖާއި، ރޯދައާއި، ނަމާދާއި، ޒަކާތުގެ އަޅުކަން އަދާކުރާ މީހުންގެ، އެ އަޅުކަން، ޤަބޫލުފުޅު ކުރައްވާކަން، ނުވަތަ ނުކުރައްވާކަން، (ރަނގަޅުކަން، ނުވަތަ ނުރަނގަޅުކަން) ދެނެވޮޑިގެންވަނީ، މާތް ﷲ އެވެ. އެއީ، އިސްލާމިކް މިނިސްޓަރ ގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. އުފެދިގެން މިއުޅޭ ޚިޔާލު ތަފާތުވުމަކީ، ދަރަނިވެރިވެފައިވާ ޤައުމެއްގެ، ރައްޔިތުންގެ ފައިސާއިން، ޙައްޖު ވާޖިބުނުވާ ބަޔަކު، ޙައްޖަށް ފޮނުވިދާނެތޯ، ނުވަތަ ނޫންތޯއެވެ؟ ޙައްޖު ވާޖިބުވެގެން ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައި ތިބި މީހުން، 7 އަހަރުވަންދެން ކިޔޫގައި ބައިތިއްބާފައި، ޙައްޖު ވާޖިބުނުވާ ބަޔަކު، ރައްޔިތުންގެ ފައިސާއިން ވަގުތުން ވަގުތަށް ހައްޖަށް ފޮނުވުމަކީ އިންޞާފުވެރިކަމެއްތޯ، ނުވަތަ ނޫންތޯއެވެ. ނޯޓް: ދުޢާ އަކީ، ޙައްޖަށް ދިއަ އެންމެންނަށް ހެޔޮ ރަޙުމަތް ލެއްވުމެވެ.



ޓްރެންޑިން