ގައުމެއްގެ ނިސްބަތުން ދިވެހިރާއްޖެއަކީ އަވައްޓެރި އެހެން ގައުމުތަކަށް ވަރަށް ބޮޑަށް ބަރޯސާވާންޖެހިފައިވާ ގައުމެކެވެ. ދޭދޭ ގައުމުތަކުގެ އެހީތެރިކަމަކީ ދިވެހި ގައުމު ކުރިއަރައިގެން ދިޔުމަށް ކޮންމެހެން މުހިންމު ކަންކަމެވެ. ނަމަވެސް، އެކަން އޮންނަން ވާނީ ކަނޑައެޅިފައިވާ ހަމަތަކަކާއި ހުދޫދެއްގެ ތެރޭގައި ހުޅުވާލެވޭ ދޮރާއްޓެއްގެ ތެރެއިންނެވެ. ދެފަރާތަންމެ ފައިދާ ހުރި ރަނގަޅު އުސޫލު ތަކަކާއި ހަމަތަކެއްގެ ތެރެއިންނެވެ.
މިކަންކަމަށް ހުޅުވާލެވޭ ދޮރާށީގެ ބޮޑުމިނާއި ފުޅާމިން މުޅި ދުނިޔެއަށްވެސް ހާމަކޮށްދޭނީ ގައުމުގެ ހާރިޖީ ސިޔާސަތުންނެވެ. މިގައުމުގެ މަސްލަހަތު ހުރި ކޮންމެކަމެއް އެންމެ އިސްވަނީ ދިވެހީންނަށްކަމަށްވާއިރު އެ ޝިއާރުގައި ކުރިއަށް ދިޔުމަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އެއް ސިޔާސަތެވެ.
މި ސަރުކާރު ފެށިގެން އައީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖޭގެ ފަސްގަނޑުގައި ބޭރުގައުމެއްގެ ސިފައިން ތިބުމަށް ދިވެހީން ނޭދޭކަން ހާމަކޮށްދީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނައީ އެމަނިކުފާނު ގެންގުޅުއްވާ "ޕްރޯ މޯލްޑިވިއަން" ސްލޯގަން ދިވެހި ރައްޔިތުންނަށް މާބޮޑަށް ކަމުގޮސްގެނެވެ.
ރައީސްގެ އެކި އިހުތިފާލުތަކުގައި ދެއްކެވި ވާހަކަފުޅުތަކުގައި އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނެ ގޮތް ވިދާޅުވެދެއްވާފައިވެއެވެ. ހާއްސަ ގޮތެއްގައި އެއްވެސް ގައުމަކަށް އެކަނި މާބޮޑަށް ބަރޯސާ ނުވެ ގައުމުގެ ހާރިޖީ ކަންކަން ކުރިއަށް ގެންދިޔުމަކީ އެމަނިކުފާނު ގެންގުޅުއްވާނެ ސިޔާސަތުކަމަށް ތަކުރާރުކޮށް ވިދާޅުވެދެއްވައެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތު ބިނާވާނީ ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތަށްކަމަށެވެ. އެއްވެސް ގައުމަކާއި ހަތުރުވެރިކަމެއް އަދި ހަސަދަވެރިކަމެއްވެސް ނުބާއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޢިއްޒު މަގާމާއި ހަވާލުވެވަޑައިގެންނެވި ދުވަހު ދެއްވި ގައުމީ ރޫހާއި ގައުމީ ޖޯޝުން ފުރިފައިވާ ތަގުރީރުގައި ވަނީ ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް ކަމަށާއި އެމަނިކުފާނަށް ދިވެހި ރައްޔިތުން އަންނަނީ، ލިސްޓުގެ އެއްވަނައަށްކަމަށް ވިދާޅުވެފައެވެ.
ރައީސްގެ ހާރިޖީ ސިޔާސަތު ހާމަކުރެއްވުމުން އެކަމަށް ފާޑުކީ ފަރާތްތަކުން އެންމެބޮޑަށް ތުހުމަތުކޮށްފައިވަނީ އެމަނިކުފާނު "އެންޓި އިންޑިއާ" ސިޔާސަތެއް ގެންގުޅުއްވާކަމަށް ބުނެއެވެ. އިންޑިއާއިއެކު އޮތް ގުޅުން ދޫކޮށް ޗައިނާއާއި ދިމާއަށް ދީލާލަން އުޅޭ ކަމުގެ ތުހުމަތު އެމީހުން ކުރީ ކުރީގެ ސަރުކާރު ތަކުން ގެންގުޅުނު "އިންޑިއާ ފަސްޓް" ސިޔާސަތު އެމަނިކުފާނު ދޫކޮށްލެއްވުމުންނެވެ.
ނަމަވެސް، މިއަދު މިވަނީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތަކީ ކުރިންވެސް އެމަނިކުފާނު ވިދާޅުވިގޮތަށް އެއްވެސް ގައުމަކާއި ހަސަދަވެރިކަމެއް ނެތް ސިޔާސަތެއްކަން ހާމަކޮށްދީ އެކަން ސާބިތު ކޮށްދެއްވާފައެވެ. އަވަށްޓެރި ގައުމުތަކަށް ފުރިހަމައަށް އިހުތިރާމު ކުރަށްވައި ގުޅުން ބަދަހި ކުރަށްވާނެ ކަމަށް ވިދާޅުވަމުން ގެންދެވި ބަސްފުޅު ސާބިތުކޮށްދެއްވާފައެވެ. ވަކިން ޚާއްޞަކޮށް އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވި ބަސްފުޅުގެ ތެދުކަން ހާމަވެގެން ގޮސްފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް މަގާމަށް އިންތިހާބުވެވަޑައިގެންނެވުމުން އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވި ރައީސުންގެ ތެރޭގައި ރައީސް ޑރ. މުޢިއްޒު ހިމެނިވަޑައިގަންނަވައެވެ. އަދި އޭގެ ފަހުން ބޮޑުވަޒީރު މޯދީ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރަސްމީކޮށް ދައުވަތު އެރުއްވުމާއިއެކު އެމަނިކުފާނުވަނީ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެކަން ހާމަކުރައްވާފައެވެ. އިދިކޮޅު ފަރާތްތަކުން ކުރި ތުހުމަތު ތަކަކީ އެއްވެސް ހަގީގަތެއްނެތް ދޮގު ތުހުމަތު ތަކެއްކަން ހާމަވެގެން ދިޔަ އެއް ކަމަކީ ވެސް މިއެވެ. މޯދީގެ ލީޑަރޝިޕްގައި ރައީސް ޑރ. މުއީއްޒަށް އިންޑީއާއިން މަރުހަބާ ނުދަންނަވާނެ ކަމާއި އެމަނިކުފާނު އެގައުމަށް ވަޑައި ނުގަންނަވާނެ ކަމަށް ނޫނީ ވަޑައިގަންނަވަން ކެރިވަޑައި ނުގަންނަވާނެ ކަމަށް ބުނެ އިދިކޮޅުން ދެއްކި ވާހަކަތައް މިވީ މުޅިން ވެސް ތާކުންތާކު ނުޖެހޭ ޚިޔާލީ ވާހަކަ ތަކަކަށެވެ.
އިންޑިއާގެ ސަރުކާރުން ދިން ދަޢުވަތު ގަބޫލުފުޅު ކުރައްވައި ރައީސް މުޢިއްޒު އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެން އިއްޔެ ވަނީ އަވައްޓެރި އިންޑިއާގައި ކުރިއަށްދިޔަ އެންމެ މުހިންމު ތާރީޚީ ރަސްމިއްޔާތުގައި ދޭދޭ ގައުމުތަކުގެ ވެރިންނާއި އެއްހަމައެއްގައި ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި އަވަށްޓެރި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއާއި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންގހާއިއެކު އެންމެ އަރިހުގައި ހުންނެވީ ރައީސް ޑރ. މުޢިއްޒެވެ.
މޯދީ ތިންވަނަ ދައުރަކަށް ހުވާކުރުމުގެ މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ހަނދާނީ ފޮޓޯފުޅުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.
ރައީސްގެ މި ދަތުރުފުޅުން މިވަނީ ފާޑުކިޔާ ފަރާތްތަކަށް ވަރަށް މުހިންމު މެސެޖެއް ދެއްވާފައެވެ. ދިވެހީން އެންމެ ކަންބޮޑުވި އެއް މައްސަލަ ކަމަށްވާ ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބި މައްސަލަ ފަދަ ހައްސާސް މައްސަލަތައް ހައްލު ކުރެއްވީ ޑިޕްލޮމެޓިކް ރިވެތި އުސޫލުތަކުގެ ތެރެއިންކަން ހާމަ ކޮށްދެއްވާފައެވެ. އެއްވެސް ގައުމަކީ ރާއްޖޭގެ ހަތުރެއް ނޫންކަން ހާމަކޮށްދެއްވާފައެވެ. ޚާއްޞަކޮށް އިންޑީއާއަކީ އަދިވެސް ރާއްޖޭޣެ އެންމެ ގާތް އެކުވެރި އަވަށްޓެރިއާކަން ސާބިތު ކޮށްދެއްވާފައެވެ.
މިއީ ރައީސް ޑރ. މުޢިއްޒުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން ހަގީގަތުގައި ވެސް ސާބިތުކޮށްދެއްވި ދަތުރުފުޅެކެވެ. އެމަނިކުފާނުގެ ބަސްފުޅާއި އަމަލުފުޅު ދިމާވާކަން ރަމްޒުކޮށްދޭ ހެއްކެކެވެ. މިއީ އެއްވެސް ބައެއްގެ އަޅުވެތިކަމަށް ނުގޮސް، އަދި އުނގަށް ނުވެއްޓި ވެސް ގާތް ގުޅުންތައް ބޭއްވިދާނެކަން ސާބިތުވެގެން ދިޔަ ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު