ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުން ދެގައުމުގެ މެދުގައި އޮތް ގުޅުމުގެ މުހިންމުކަން ހާމަވެގެންދާކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެެވެ.

ރައީސް މުޢިއްޒު އިންޑިޔާގެ ވެރިރަށް ނިއުދިއްލީއަށް ވަޑައިގަތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެގައުމުގެ ސަރުކާރުން ދެއްވި ދައުވަތަކަށެވެ. މި ދަތުރުފުޅުގައި އިންޑިއާގެ ސްޓްރެޓްނިއުސް ގްލޯބަލްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސްގެ އަރިހުގައި އިންޑިޔާއަށް ވަޑައިގެންނެވި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އަވަށްޓެރި ގައުމު ކަމަށެވެ.

އެގޮތުން މަތީ ފަންތީގެ ވަފުދަކާއެކު ރައީސް މުޢިއްޒު، ނިއު ދިއްލީއަށް ކުރައްވާ މިދަތުރުފުޅުން ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މުހިންމުކަން ހާމަވެގެންދާކަން ޒަމީރު ފާހަގަކުރެއްވިއެެވެ. އަދި އެއީ މި ގުޅުމަށް ދޭ އަހަންމިއްޔަތުކަން ހާމަވާ ކަމެއްކަމަށް ވެސް ޒަމީރު ވިދާޅުވިއެވެެ.

މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ހުވާ ކުރައްވާ ރަސްމިއްޔާތަށް ރައީސް މުޢިއްޒަށް ދައުވަތު ލިބުމަކީ އެމަނިކުފާނަށް ލިބިވަޑައިގަތް ޝަރަފެއް ކަމަށެވެ. އަދި ބޮޑުވަޒީރު މޯދީއާއެކު މަސައްކަތް ކުރައްވައި، ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިކުރުމަށް ރައީސް މުޢިއްޒު ބޭނުންފުޅުވާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން