ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް މަރާމާތްކޮށް ނިންމާލައިފި އެވެ.

ހަތަރު މިލިއަނެއްހާ ރުފިޔާއަށް ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް)އާ އެ މަސައްކަތް ސްޕޯޓްސް މިނިސްޓްރީން ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހު އެވެ.

ފާއިތުވި ފަސް އަހަރު ވެސް ގަލޮޅު ދަނޑުގެ ލައިޓްތަކުގެ މައްސަލަ ޖެހިފައިވާތީ ފުޓްބޯޅަ ސީޒަންގެ މެޗުތައް ކުރިއަށްގެންދިޔުމަށް ދަތިވާ ހިސާބަށް އޮތީ ގޮސްފަ އެވެ. އަދި އެންމެ ފަހުން މިދިޔަ އޮގަސްޓް މަހު ދަނޑުގެ ލައިޓްތައް ވަރަށް ބޮޑަށް މައްސަލަޖެހި ބޭނުންނުކުރެވޭވަރު ވެސް ވިއެވެ. އެއާއެކު މިދިޔަ ޑިސެމްބަރު މަހު ބޭއްވި ދެވަނަ ޑިވިޒަންގެ ފުޓްބޯޅަ މުބާރާތުގެ މެޗުތައްވެސް ރޭގަނޑު ނުކުޅެވި ހަވީރު ކުޅެން ޖެހުމުން މުބާރާތުގެ މެޗުތައް ދޮޅުމަހަށްވުރެ ދިގުލައިގެންދިޔަ އެވެ.

ނަމަވެސް މިހާރު ލައިޓުތައް މަރާމާތުކޮށް އަލުން ރޭގަނޑު މެޗުތައް ކުޅެއް ވަނީ ހުއްދަ ދީފަ އެވެ.

އެހެންވެ ރޭގަނޑު ކުޅެވޭ ގޮތަށް މެޗުތަކުގެ ޝެޑިއުލަށް ވެސް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން