ރައީސް ޑރ .މުޙައްމަދު މުޢިއްޒު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް މުޢިއްޒު މޯދީއާއި ބައްދަލުކުރެއްވީ އެމަނިކުފާނު ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ ޢިއްޒަތްތެރިންގެ ޝަރަފްގައި ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގެ ތެރެއިންނެވެ. މިފަރިއްކޮޅު އޮތީ ރިޔާސީ ގަނޑުވަރު ރާސްތުރަޕަތީ ބަވަންގައެވެ. މިފަރިއްކޮޅުގަައި މޯދީގެ އެންމެ އަރިހުގައި އިންނެވީ ވެސް ރައީސް މުއިއްޒެެވެ.



މިފަރިއްކޮޅުގައި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާގެ ރައީސް ދްރޮޕަދީ މުރްމޫވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިފަރިއްކޮޅުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރައްވާ ވަނީ މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ތިންވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ނަރެންދްރަ މޯދީ އެ މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން